19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އޯމް ޕޫރީ މަރުވުން

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

  • އިއްޔެ ބޭއްވި އޮސްކާ އެވޯޑްސްގައި ބޮލީވުޑްގެ އޯމް ޕޫރީގެ ހަނދާނުގައި ސެގްމެންޓެއް ގެނެސްދިން
  • އޯމް ޕޫރީ ފަދަ މީހުންގެ މަސައްކަތް އިންޑިއާއިން އަގުވަޒަން ކޮށްފައެއްނުވޭ
ރުޝްދާ ރަޝީދު | rushdhar

| 28 ފެބުރުވަރީ 2017 | އަންގާރަ 14:17 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


އޯމް ޕޫރ: އިންޑިއާ ސިނަމާއިން އަދާކުރަންޖެހޭ އިހްތިރާމް އަދާކޮށްފައިވާާ ނުވާކަމަށް ޕޫރީއަށް ތާއީދުކުރާ މީހުން ބުނޭ. -- ގޫގުލް

ބޮލީވުޑަކީ ތަރިންގެ އަގުވަޒަންކުރަން ނޭނގޭ ބައެއް ކަމަށް ބުނެ ނަވާޒުއްދީން ސިއްދީގީ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ނަވާޒުއްދީން މިހެން ބުނީ އިއްޔެ ބޭއްވި އޮސްކާ އެވޯޑްސްގައި ބޮލީވުޑްގެ އޯމް ޕޫރީގެ ހަނދާނުގައި ގެނެސްދިން ސެގްމެންޓަށް އިޝާރާތްކޮށްފަ އެވެ. އިއްޔެ ބޭއްވި އޮސްކާ އެވޯޑްސްގައި ވޭތުވެދިޔަ އަހަރު މަރުވި ފަންނާނުންގެ އަގުވަޒަން ކޮށްފައި ވެއެވެ.

ނަވާޒުއްދީން ބުނީ އޯމް ޕޫރީ ފަދަ މީހުންގެ މަސައްކަތް އިންޑިއާއިން އަގުވަޒަން ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އިންޑިއާ އިން ނޭރުވި ޝަރަފު ހޮލީވުޑުން އަރުވާފައިވާ ކަމަށާއި އެކަމާ އިންޑިއާ ލަދުގަންނަން ޖެހޭ ކަމަށް ވެސް ސިއްދީގީ ބުންޏެވެ.

ފިލްމް "އާކްރޯޝް" އާއި "އަރްދް ސަތުޔާ" އިން ނޭޝެނަލް އެވޯޑް ހޯދި ޕޫރީއަށް އިންޑިއާ ސަރުކާރުން ޕަދްމާ ޝްރީ ލަގަބު ވަނީ އަރުވާފަ އެވެ. އަދި، 2004 ވަނަ އިގިރޭސިވިލާތުގެ ފިލްމީ އިންޑަސްޓްރީއަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕޫރީއަށް ވަނީ އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރގެ ޝަރަފުވެރި ލަގަބު ވެސް އަރުވާފަ އެވެ. ޕޫރީ ވަނީ އިނގިރޭސި ފިލްމްތަކުގައި ވެސް ހަރަކާތްތެރިވެފައެވެ.

އިންޑިއާގެ އެކްޓަރެއްގެ އަގުވަޒަންކުރުމުގެ ގޮތުން ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް ހަފްލާގައި ދެއްކި ނަމޫނާއަށް އިންޑިއާއިން އަމަލުކުރާނީ ކޮން އިރަކުންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. އޯމް ޕޫރީ މަރުވުމަށް ފަހު ބޮލީވުޑްގައި ފިލްމްފެއަރ އެވޯޑްސް ދިން އިރު، އޭގައި އޯމް ޕޫރީގެ ހިދުމަތް ފާހަގަކޮށްފައިނުވާ ކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އޯމް ޕޫރީ މަރުވީ ޖެނުއަރީ 5، 2017 ގައި ހިތް ހުއްޓުމުގެ ސަބަބުންނެވެ.

ނިމިދިޔަ އަހަރު މަރުވެދިޔަ ފަންނާނުންގެ ހަނދާނުގައި ގެނެސްދިން ސެގްމެންޓް ހުށަހަޅާދީފައި ވަނީ ފްރެންޑްސް ސީރީޒް އިން މަޝްހޫރުވި ޖެނިފަރ އެނިސްޓަން އެވެ.

އޯމް ޕޫރީގެ މަސައްކަތް މި ސެގްމަންޓްގައި ފާހަގަކުރުމާ ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޯމް ޕޫރީއަކީ މެދުކެނޑުމެއް ނެތި 25 އަހަރު ބޮލީވުޑާއި ހޮލީވުޑްގައި ހަރަކާތްތެރިވި ތަރިއެއް ކަމަށާއި އޭނާގެ ކެރިއަރުގައި ކުރިއަށް ގޮސްފައި ވަނީ އެއްވެސް ޝަކުވާކުރުމެއް ނެތި ކަމަށެވެ. އަދި، އޯމް ޕޫރީއަކީ މިފަދަ ޝަރަފެއް ލިބުނު ހަމައެކަނި އިންޑިއާ ރައްޔިތު ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް