19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޓެރެރިޒަމް

ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި

  • އޭނާ މަރާލާފައިވަނީ ފިލިޕީންސްގެ ދެކުނުގައި އުޅެމުންދާ އަބޫ ސައްޔާފް ނަމަކަށް ކިޔާ ޖަމާއަތަކުން
އަބުދުﷲ މުހައްމަދު | 8Abbo

| 28 ފެބުރުވަރީ 2017 | އަންގާރަ 13:37 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އުމުރުން 70 އަހަރުގެ ޔޯގެން ކޭންޓްނަރ ރަހީނުކޮށްފައިވަނީ މިދިއަ ނޮވެމްބަރު މަހު -- ގޫގުލް

ފިލިޕީންސްގައި އިސްލާމީ ހަނގުރާމަވެރިންގެ ނަމުގައި އުޅެމުންދާ ފަރާތްތަކުން ރަހީނުކޮށްފައިހުރި ޖަރުމަނު ފިރެހެނެއްގެ ބޯ ބުރިކޮށްލާ ވީޑިއޯއެއް އާންމކޮށްފިއެވެ.

މެލޭޝިއާގެ ސަބާ ސްޓޭޓްގައި އޭނާގެ ޔޮޓުގައި ހުއްޓައި ޔޯގެން ކޭންޓްނަރ ރަހީނުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

އޭނާއާއެކު ދަތުރުކުރަމުން ދިޔަ ސަބިނޭ މެއަރޒް ނަމަކަށް ކިޔާ މީހާގެ ހަށިގަނޑު ބޯޓުގައި އޮއްވައި ވަނީ ފެނިފައެވެ.

ހަ ލައްކަ އެމެރިކާ ޑޮލަރު ދިނުމަށް ޑިމާންޑްކޮށް ހަނގުރާމަވެރިން ދިން މުހުލަތު ހަމަވެފައިވަނީ އާދީއްތަ ދުވަހުއެވެ.

ޔޯގެން ކޭންޓްނަރ، 70، އާއި ސަބިނޭ މެއަރޒް ކުރިން ވެސް ވަނީ ވަގަށް ނަގާފައެވެ.

ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު 2008ވަނަ އަހަރު އެމީހުން ރަހީނުކޮށް 52 ދުވަސްވަންދެން ބޭތިއްބުމަށް ފަހު ދޫކޮށްލާފައިވަނީ ބަދަލުގައި ފައިސާ ދައްކައިގެންނެވެ.

ސައިޓް މިލިޓަންސީ މޮނިޓަރިންގް ގްރޫޕަކުން ބުނާ ގޮތުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަނީ ވަޅިއެއް ހިފައިގެންހުރި މީހަކު ކެންޓްނަރގެ ބޯ ބުރިކޮށްލާ މަންޒަރެވެ.

ސަރުކާރުގެ މަންދޫބު ޖީސަސް ޑުރޭޒާ ވަނީ އޭނާ މަރާލިކަން ކަށަވަރުކޮށްދެއްވާފައެވެ.

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރިހާ ފަރާތަކުން އޭގެ ތެރޭ އަސްކަރިއްޔާ ހިމެނޭ ގޮތުން އެންމެން މަސައްކަތް ކުރި އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް. އަހަރުމެން އެންމެވެސް އެބަޔަކަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރި އެކަމަކު މަންފާއެއް ނުކުރި،" އޭނާ ބުންޏެވެ.

އަބޫ ސައްޔާފްއަކީ ފިލިޕީންސްގެ ދެކުނުގައި އުޅެމުންދާ އެންމެ ކުޑަ އަދި އެންމެ ނުރައްކާތެރި އެއް ޖަމާއަތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް