20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޖޯޖް ޑަބްލިއު ބުޝް

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

  • ވެރިކަމުގައި ތިއްބެވި ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި މިނިވަން މީޑިއާއެއްގެ ބޭނުން
  • އަޅުގަނޑުމެންގެ ތެރޭގައި މިނިވަން މީޑިއާއެއް ބާއްވަން ބޭނުންނުވެ މިނިވަން މީޑިއާއެއްގެ މުހިއްމުކަން އެހެން ފަރާތްތަކަށް ވިސްނައިދިނުމަކީ އުނދަގޫ ކަމެއް: ބުޝް
އަބުދުﷲ މުހައްމަދު | 8Abbo

| 28 ފެބުރުވަރީ 2017 | އަންގާރަ 13:30 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އެންބީސީގެ ޓްޑޭ ޕްރޮގްރާމްގައި ރައީސް ބުޝް އިންޓަވިއުދެއްވަނީ -- ގޫގުލް

ޑިމޮކްރަސީއަކަށް މިނިވަން މީޑިއާއެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ވަރަށް މަދުން ނޫނީ ނުފެންނަ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

އެންބީސީގެ ޓްޑޭ ޕްރޮގްރާމްގައި ބުޝް ވިދާޅުވީ ވެރިކަމުގައި ތިއްބެވި ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި މިނިވަން މީޑިއާއެއްގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތީއްސުރެ ބައެއް މީޑިއާތަކަކީ "ފޭކް ނިއުސް"ގެ ގޮތުގައި ސިފަ ކުރައްވައި މީޑިއާތަކާ މެދު ވަނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ.

މީގެ އިތުރުން ބުޝްވަނީ ރައީސް ޓްރަމްޕާއި ރަޝިއާ ސަރުކާރާ މެދުވާ އެއްވެސް ގުޅުމަކާ ގުޅޭ ގޮތުން ސުވާލެއް ކުރެއްވިއްޖެ ނަމަ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެންބީސީގެ ޓުޑޭސް ޝޯގައި ރައީސް ބުޝް ވާހަކަ ދައްކަވާފައި ވަނީ، އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ މަނިކުފާނާ ބައްދަލުވެ ވަޑައިގެންފައިވާ ފަރާތްތަކުގެ ފޮޓޯތައް ހިމެނޭ ފޮތެއް ޕްރޮމޯޓް ކުރެއްވުމަށެވެ.

"ބާރަކީ އެއަށް ދެވި ހިފާ އަދި އޭގައި ދަބަރުޖަހާ އެއްޗެއް. އަދި ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މީޑިއާއިން ގޮވާލުމަކީ މުހިއްމު ކަމެއް"

ރައީސް ޓްރަމްވަނީ ބައެއް މީޑިއާތަކަކީ "އެމެރިކާގެ ދުޝްމަނުން"ކަމުގައި ސިފަކުރައްވާފައެވެ.

ބުޝްވަނީ އެމަނިކުފާނުގެ ވެރިކަމުގައި މިނިވަން މީޑިއާއެއްގެ މުހިއްމުކަން ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންއަށް ވިސްނައިދެއްވަން މަސައްކަތް ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިނިވަން މީޑިއާއެއް ބާއްވަން ބޭނުންނުވެ މިނިވަން މީޑިއާއެއްގެ މުހިއްމުކަން އެހެން ފަރާތްތަކަށް ވިސްނައިދިނުމަކީ އުނދަގޫ ކަމެއް،" ބުޝް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް