22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ސްރީލަންކާ

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

  • ބަސް ދަތުރު ކުރަމުންދިޔައީ އަންޑަވޯލްޑް މީހުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ގޮވައިގެން
އަބުދުﷲ މުހައްމަދު | 8Abbo

| 28 ފެބުރުވަރީ 2017 | އަންގާރަ 13:23 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ބަހަށް އަމާޒުކޮށް ވަޒަންތައް ބުރުވާލުމަށް ފަހު ހަމަލާދިން މީހާ ވަނީ ފިލާފައި -- ގޫގުލް

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ މަދުވެގެން ހަތް މީހުން މަރާލައިފިއެވެ.

ކޮލަމްބޯގެ ބޭރުން ކަލުތަރާގައި ދިން ހަމަލާގައި ފަސް ގައިދީންނާއި ދެ ގާޑުން މަރުވެ އިތުރު ނުވަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާދެވުނު މި ބަސް ދަތުރު ކުރަމުންދިޔައީ އަންޑަވޯލްޑް މީހުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންނާއި އިތުރު ބައެއް ގައިދީން ގޮވައިގެން ކޯޓަށެވެ.

ފުލުހުން ބުނީ މި ހަމަލާއަކީ ދެ ގޭންގެއްގެ މެދުގައި އޮތް ރުޅިވެރިކަމެއްގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށެވެ.

ބަހަށް އަމާޒުކޮށް ވަޒަންތައް ބުރުވާލުމަށް ފަހު ހަމަލާދިން މީހާ ވަނީ ފިލާފައެވެ.

ލަންކާގައި ހުންނަ ބީބީސީގެ ކޮރެސްޕޮންޑެންޓް ބުނާ ގޮތުގައި މިއީ މި ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ލަންކާގައި ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ގައިދީން އުފުލާ ބަސްތަކަށް ހަމަލާދިނުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިގާފައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް