26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

  • އޭގެ ތެރޭގައި ދެ ކާރާއި އިލެކްޓްރިކް ދެ ސިޑިވެސް ހިމެނޭ
އަހުމަދު މުހުސިނު | dhonbandaara

| 28 ފެބުރުވަރީ 2017 | އަންގާރަ 05:45 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ސައޫދީ ރަސްގެފާގެ ދަތުރުފުޅެއްގެ ތެރެއިން -- ގޫގުލް

ދިވެހިރާއްޖެއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް މިސަރަހައްދަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑޮނޭޝިޔާގައި މަޑުކުރައްވާ 9 ދުވަހަށް 506 ޓަނުގެ ލަގެޖް ގެންނެވިކަން ހާމަވެއްޖެއެވެ.

ވޮޝިންގޓަން ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެ ތެރޭގައި މާސިޑީޒް ލިމޯސިންސްގެ ދެކާރާއި ދެ ލިފްޓް ނުވަތަ އޮޓޯ ހަރުގަނޑުވެސް ހިމެނެއެވެ.

ދަ ޖަކާޓާ ޕޯސްޓުން ބުނެފައިވާ ގޮތުގައި ސައޫދީ ޝާހީ ފެމެލީން އުއްމީދު ކުރާ ގޮތުގައި އެމީހުންގެ ދަތުރުގައި 459 މެޓްރިކް ޓަން (506 ޔޫއެސް ޓަން) ގެ ކާގޯ އުފުލާނެއެވެ. އޭގެ ތެރޭގައި މާރސިޑީޒް –ބެންޒް 600 އެސް ލިމޯސިންސް ދެކާރާއި ދެ އިލްކްޓްރިކް ސިޑި ހިމެނެއެވެ.

ސައޫދީ ޝާހީ ފެމެލީގެ މި ދަތުރުގައި 1500 މީހުން ބައިވެރިވާއިރު އޭގެ ތެރޭގައި 10 މިނިސްޓަރުންނާއި 25 ޕްރިންސް އަދި މަދުވެގެން 100 ސެކިއުރިޓީ އޮފިސަރުން ހިމެނެއެވެ.

މިއީ މީގެ 46 އަހަރަށްފަހު ސައޫދީ ރަސްގެފާނު އިންޑޮނޭޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިފަދަ ސާމާނާއެކުވެސް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.

މާރޗް މަހު ސައުދީއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި

ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.

ތިން ރިސޯޓް އެއްކޮށް ބުކްކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް