16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

އެމެރިކާ

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

  • ސޯޝަލް ސެކިއުރިޓީއާ ވެލްފެއަށް ވަނީ އިސްކަމެއް ދެއްވާފައި
އަހުމަދު މުހުސިނު | dhonbandaara

| 28 ފެބުރުވަރީ 2017 | އަންގާރަ 02:30 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ރައީސް ޓްރަމްޕް: މިލިޓްރީ ބަޖެޓް ވަނީ ބޮޑު ކުރައްވާފައި -- ގޫގުލް

އަންނަ އަހަރަށް އެމެރިކާގެ ޑިފެންސް ބަޖެޓްގެ ގޮތުގައި 54 ބިލިއަން ޑޮލަރު ކަނޑައެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 9 ޕަސެންޓް ބޮޑު އަދަދެކެވެ.

ހުށަހަޅާފައިވާ ބަޖެޓަށް ބަލާލާއިރު ބޭރު ޤައުމުތަކަށް ދޭ އެހީއާ ތިމާވެށީގެ ބަޖެޓު ވަނީ ކުޑަކޮށްފައެވެ. އެހެންނަމަވެސް 2018 ގެ ބަޖެޓްގައި ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޕްލޭންގެ ދަށުން ވެލްފެއަރ ބަޖެޓް ބޮޑުކޮށްފައެވެ. އޭގެ ތެރޭގައި ސޯޝަލް ސެކިއުރިޓީއާ މިހާތަނަށް އަތްނުލެވި ހުރި ސިއްޙީ ޚިދުމަތްތައް ހިމެނެއެވެ.

ރައީސް ޓްރަމްޕް އުއްމީދު ކުރައްވާފައިވާ ގޮތުގައި ލަފާކުރާ 2018 ގެ ފައިނަލް ބަޖެޓް އަންނަ މާރޗް މަހުގެ ތެރޭގައި ޢާއްމު ކުރެވޭނެއެވެ.

ޓްރަމްޕް ވަނީ މިލިޓަރީ ބަޖެޓް އިތުރުކޮށް ވެލްފެއަރ ޕްރޮގްރާމްތައް އިތުރު ކުރައްވާނެ ކަމަށް ކެމްޕޭން ތެރޭގައިވެސް ވިދާޅުވެފައެވެ. އެގޮތުން ބަޖެޓް އަމާޒު ކުރައްވާނީ މިލިޓްރީއަށާއި ރައްޔިތުންގެ ރައްކާތެރިކަމާއި، އިޤްތިސޯދީ ކުރިއެރުމަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވީ އިންފްރާސްޓްރަކްޗަރ އަށް ހޭދަކުރައްވާނެ ގޮތުގެ ޕްލޭނާ ބެހޭގޮތުން އަންގާރަ ދުވަހު ކޮންގްރެސްގައި ތަޤްރީރު ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް