23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

  •  މޯލްޑިވްސް ސްޓޮކްެ އެކްސްޗޭންޖްއިން ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ބޭނުންވާ އަސާސީ ޕްލެޓްފޯމް ޤާއިމުކޮށްދީފަ
ރިޒުނާ ޒަރީރު | RiznaZareer

| 27 ފެބުރުވަރީ 2017 | ހޯމަ 20:34 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  5. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  6. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
  7. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
  8. އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް -- ޓްވިޓަރ

ރޯޔަލް ސެކިއުރިޓީޒް އެކްސްޗޭންޖް އޮފް ބޫޓާން (ބޫޓާން ސްޓޮކް އެކްސްޗޭންޖް) އާއި މޯލްޑިވްސް  ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

 

ސްޓޮކް މާކެޓް ތަރައްޤީކުރުމަށް، ކުދި ޤައުމުތަކަށް ނިސްބަތްވާ، ދެ އެކްސްޗޭންޖުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޑޯޖީ ފުންޓްޝޯ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޙަސަން މަނިކު ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަ އެވެ.

 

ޑޯޖީ ފުންޓްޝޯ މިމަހުގެ 22 އިން 23 އަށް ކުރި ދަތުރުފުޅާ ގުޅޭ ގޮތުން، ސީއީއޯ ޙަސަން މަނިކު ވިދާޅުވީ، ބޫޓާނާއި ރާއްޖޭގެ ސްޓޮކް މާކެޓަކީ ވަރަށް ގިނަ ކަންތައްތައް އެއްގޮތް ދެ މާކެޓް ކަމަށެވެ. އަދި ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާގެ އަލީގައި، ދެޤައުމު ގުޅިގެން ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް އިތުރަށް ދިރާސާ ކުރައްވަން ޤަސްދުކުރާ ކަމަށް ވިދާޅުވިއެވެ. ރާއްޖެ ފަދަ ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް އެފަދަ ޤައުމުތަކުގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ސްޓޮކް މާކެޓް ތަރައްޤީ ކުރުމަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އެއް އަމާޒެވެ.

 

މިދިޔަ އަހަރުގެ ތެރޭގައި ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާ އިރު ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމުގައިވާ އޫރީދޫގެ ހިއްސާ އޮންނަ އޫރީދޫ  މޯލްޑިވްސްއިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި 2016 ވަނަ އަހަރު ލިސްޓްކޮށްފައިވާ ކަމަށް ބޫޓާން ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ފުންޓްޝޯ ވިދާޅުވި އެވެ.

 

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްއިން ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ބޭނުންވާ އަސާސީ ޕްލެޓްފޯމް ޤާއިމުކޮށްދީފައެވެ. އަދި ފަންޑު ހޯދުމަށް ހިއްސާ ނުވަތަ ބޮންޑު ވިއްކާ ފަރާތްތަކުން އެކްސްޗޭންޖްގައި ލިސްޓުކުރުމުގެ އިޖުރާޢަތުތައް ކަނޑައަޅާފައިވާއިރު، އެކްސްޗޭންޖްގައި ލިސްޓުކޮށްގެން މުސްތަޤުބަލުގައި ފަންޑު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް، ކަމާބެހޭ ފަންނީ ލަފަޔާއި އިރުޝާދު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ސްޓޮކް އެކްސްޗޭންޖްއިން ބުންޏެވެ.

 

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، ރާއްޖޭގެ ސްޓޮކް މާކެޓަށް އަންނަ ކުންފުނިތަކުން ކަރުދާހާނުލައި މުޢާމަލާތްކުރެވޭނެ ނިޒާމު ހިންގާ ފަރާތެވެ. އަދި، ސްޓޮކް މާކެޓްގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ މުޢާމަލާތްތައް ފަސޭހައިން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި، އެމްއެސްޑީ އެކައުންޓް ހުޅުވައިދީ، ހިއްސާއާބެހޭ މުޢާމަލާތްތަކުގެ ރިކޯޑުތައް ބެލެހެއްޓުމަކީ، އެމްއެސްޑީއިން ދެމުން އަންނަ ޚިދުމަތެކެވެ. މީގެ އިތުރުން، އެމްއެސްޑީއިން އަންނަނީ ލިސްޓުކުރާ ކުންފުނިތަކުގެ ދަފްތަރު ބެލެހެއްޓުމާއި ސްޓޮކް މާކެޓާގުޅޭ އެހެނިހެން ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

 

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު، ސައްތައިން ސައްތަ ޕްރައިވެޓް ސެކްޓަރ ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި، ސީއެމްޑީއޭއިން ލައިސަންސްކޮށްފައިވާ ފަރާތެކެވެ. އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސައްތައިން ސައްތަ ސަބްސިޑިއަރީ ކުންފުންޏެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް