20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ބީއެމްއެލް ޑިސީސީ

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

  • މިއީ ފަސޭހަ، ދެފުށްފެންނަ ނިޒާމެއް: ކުލްދީޕް
  • މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް: ފެއިންބަރގް
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 27 ފެބުރުވަރީ 2017 | ހޯމަ 20:08 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ބޭނުންކުރާ ގޮތް ނޫސްވެރިންނަށް ދައްކައިލަނީ - ފޮޓޯ: ރާއްޖެއެމްވީ -- ބީއެމްއެލް

ބޭރުގެ އެކި ޤައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކޮށް، ޚިދުމަތް ހޯދޭނެ ފަސޭހަ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރުފުކޮށްފިއެވެ.

ހޯމަ ދުވަހު މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ނަމުގައި ފެށި މި ޚިދުމަތަކީ، ބޭރު ފައިސާ އެކައުންޓްތައް ގެންގުޅޭ ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިނާއި އެހެނިހެން ފަރާތްތަކަށް ވެސް ރާއްޖޭގައި އެފަރާތެއްގެ އެކައުންޓްގައި ހުރި ފައިސާގެ ބާވަތަކުން ވިޔަފާރި ކުރުމަށް މަގުފަހި ކުރާ ޚިދުމަތެކެވެ.

އެގޮތުން، މި ޚިދުމަތުގެ ތެރެއިން، މިސާލަކަށް ދިރުހަމް އެކައުންޓެއް ގެންގުޅޭ ފަތުރުވެރިއަކު ރިސޯޓަކުން ޚިދުމަތް ހޯދުމަށް ފަހު އެ ޚިދުމަތަށް ފައިސާ ދައްކައިރު، ޕީއޯއެސް ބޭނުންކޮށްގެން، ޚިދުމަތަށް ދިރުހަމް އިން ފައިސާ ދެއްކޭނެ އުސޫލް ހަމަޖެހިގެން ދާނެއެވެ. މިގޮތަށް ފައިސާ ދެއްކުމުން، ބީއެމްއެލްއިން ޚިދުމަތްދޭ ފަރާތުގެ އެކައުންޓަށް މި ފައިސާ ޖަމާކުރާނީ ޚިދުމަތްދޭ ފަރާތް ބޭނުންވާ ފައިސާގެ ބާވަތަކުންނެވެ.

މި ޚިދުމަތް ތަޢާރުފުކޮށްދެއްވުމަށް ފަހު، ޚިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ބިޒްނަސް، ކުލްދީޕް ޕާލިވާލް ވިދާޅުވީ، މިއީ ވިޔަފާރިވެރިންނާއި ކަސްޓަމަރުންނަށްވެސް ގިނަ ފަސޭހަތަކެއް ވެގެންދާނެ، ވަރަށް ބޮޑަށް ދެފުށް ފެންނަ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތެއް ކަމަށެވެ.

ރަސްމިއްޔާތުގައި ކަސްޓަމަރެއްގެ ޚައިސިއްޔަތުން ވާހަކަ ދައްކަވަމުން، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ، ޑޭވިޑް ފެއިންބަރގް ވިދާޅުވީ، މިއީ ޚާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކަށް ވަރަށް މުހިއްމު އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ޚިދުމަތެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ޚިދުމަތް ރާއްޖޭގައި ތަޢާރުފު ކުރެވުމުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ދެމުންދާ މިފަދަ ޚިދުމަތްތަކާއި އަރައި ފައި ހަމަ ކުރެވުނީ ކަމަށެވެ. އެ ބޭންކުން މަޢުލޫމާތުދޭ ގޮތުގައި މި ޚިދުމަތް ތަޢާރުފު ކުރެވިގެންދާއިރު، ދުނިޔޭގައި އާންމުކޮށް ބޭނުންކުރާ 15 ބާވަތެއްގެ ފައިސާއިން ވިޔަފާރި ކުރުމަށް މި ޚިދުމަތް ބޭނުން ކުރެވޭނެއެވެ.

.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް