18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

ރައީސް ޓްރަމްޕް

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

  • މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ ބާއްވަން ހަމަޖެހިފައި ވަނީ އޭޕްރިލް 29 ގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ފެބުރުވަރީ 2017 | ހޯމަ 16:51 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


ރައީސް ޓްރަމްޕް -- ގޫގުލް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޚަބަރުތަކާއި އަދި އޭރަކު ހުންނަވާ ރައީސްއެއްގެ ޚަބަރުތައް ކަވަކުރާ ނޫސްވެރިންގެ ޖަމިއްޔާ އެއް ކަމަށްވާ، ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން އިން ކޮންމެ އަހަރަކު ބާއްވާ ޖާފަތް ނުވަތަ ޑިނާ ކަމަށްވާ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް މިއަހަރު ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.

ނޫސްވެރިންނާއި، ސިޔާސީ ލީޑަރުންނާއި، އަދި މަޝްހޫރު އެތައް ފަަރާތްތަށް ވަޑައިގަންނަވާ އެ ހަފުލާއަކީ އާއްމުކޮށް އެމެރިކާގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާ ހަފުލާއެކެވެ.

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ ބާއްވަން ހަމަޖެހިފައި ވަނީ އޭޕްރިލް 29 ގައި ކަމަށްވާއިރު މިއަހަރުގެ ޑިނާއަށް ވަޑައިނުގަންނަވާނެ ކަން ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. ޓްވީޓުގައި ޓްރަމްޕް ވިދާޅުވީ މިއަހަރު ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ޓްރަމްޕް ވަނީ އެ ފަރާތްތަކަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ރައީސް ޓްރަމްޕް އެކި ބައްދަލުވުންތަކާއި އަދި އިންޓަވިއުތަކުގައި މީޑިއާ އަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައިވާއިރު އޭނާ ވިދާޅުވެފައި ވަނީ ބައެއް މީޑިއާތަކަކީ "އެމެރިކާ ރައްޔިތުންގެ ދުޝްމަނުން ކަމަށެވެ."

ދާދިފަހުން ނިއު ޔޯކް ޓައިމްސް އާއި ސީއެންއެން އަށް ފާޑުވިދާޅުވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ "އެންމެންނަށް ވެސް އެނގޭނެ ފަދައިން ފޭކް ނިއުސް މީޑިއާ އިން ތެދު ނަހަދާނެ" ކަމަށެެވެ. "މިއީ ގައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް" ކަމަށާއި "ފެއިލް ވަމުންދާ ނިއުޔޯކް ޓައިމްސް އާއި ސީއެންއެންއަކީ ޖޯކެއް" ކަމަށެވެ.

ރައީސް ޓްރަމްޕާއި މީޑިއާތަކާއި ދޭތެރޭ އޮތް ގުޅުން ގޯސްވެފައިވާއިރު ވައިޓް ހައުސްގައި ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލުވުމަކަށް ދުނިޔޭގެ ބައެއް މަޝްހޫރު ބޮޑެތި މީޑިއާތައް ވަނުން ވަނީ ހުއްޓުވާފިއެވެ. ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލު ވުމަށް ބީބީސީ، ސީއެންއެން، ނިއުޔޯކް ޓައިމްސް އައުން ހުއްޓުވީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އެކަމަށް އެއްވެސް ސަބަބެއް ދެއްކުމަކާ ނުލައެވެ. ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ބައެއް މީޑިއާތައް ނުވެއްދީ ކީއްވެގެންތޯ ސުވާލު ކުރުމުން ޕްރެސް ސެކެޓްރީ ވިދާޅުވެފައި ވަނީ "ރިޕޯޓަރުންގެ ޕޫލް ބޮޑު ކުރުމަކީ އޭނާގެ ނިންމުމެއް،" ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް