19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ނޮކިއާ ފޯނު

ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް

  • މޯބައިލް މާކެޓްގެ ރަސްކަން ހޯދުމަށް ނޮކިއާ އިން އާ އުފެއްދުންތަކެއް ނެރުމަށް ދަނީ ތައްޔާރުވަމުން
އަލީ ޔޫސުފް | AliYooosuf

| 27 ފެބުރުވަރީ 2017 | ހޯމަ 16:50 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ނޮކިއާ3310 ގެ ކުރީގެ ފޯނާއި މިހާރުގެ ފޯނު -- ގޫގުލް

މޯބައިލް ފޯނުގެ މާކެޓްގައި ނޮކިޔާ އިން ރަސްކަންކުރަމުން ދިޔަ ދުވަސްވަރު މާކެޓުން އެންމެ ބޮޑު ޖާގައެއް ހޯދި ފޯނުތައް ޒަމާނީކޮށް އަލުން މާކެޓަށް ނެރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

 

މައިކްރޯސޮފްޓާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމާ އެކު އަލުން ފޯނު މާކެޓުގެ ރަސްކަން ހޯދުމަށް ނޮކިޔާ އިން ކުރާ މަސައްކަތް ފަށާފައި ވަނީ ސުމަކުންނެވެ. އެ ގޮތުން މީގެ އަހަރުތަކެއް ކުރިން މާކެޓްގައި އެންމެ މަގުބޫލުކަން ހޯދި ނޮކިޔާ3310 ވަނީ އަލުން މާކެޓަށް ނެރަފައެވެ. ނޮކިޔާ އިން 2000 ވަނަ އަހަރު މާކެޓަށް ނެރުނު މި ފޯނުގެ 126 މިލިއަން ސެޓް ވިއްކާފައިވާ އިރު އަލަށް ނެރުނު މި ފޯނުގެ ޑިޒައިނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އެ ކުންފުނިން ވަނީ ގެނެސްފައެވެ. ބައްޓަމަށް ބަދަލު ގެނައުމެއް ނެތ ނަމަވެސް ތަންކޮޅެއް ބޮޑު ކުލަ ސްކްރީނެއް ވަނީ ހިމަނާފައެވެ.

 

އައިފޯނު ވުޖޫދަށް އައުމުގެ ކުރިން މޯބައިލް ފޯނު މާކެޓް ޑޮމިނޭޓްކުރަމުން ދަނިކޮށް ނެރުނު ނޮކިޔާ3310 ގެ އާވަޝަންގައި ވެސް ފާހަގަކޮށްލެވޭ ކަމަކީ ނޮކިޔާ އިން މޯބައިލް ގޭމްގެ ހިތް އަތުލި ސްނޭކް ގޭމް ހިމަނާފައި ވުމެވެ. މީގެ އިތުރުން 2-މެގަޕިކްސެލް ކެމެރާއެއް ވެސް ހިމެނާފައިވާއިރު އެސްޑީ ކާޑް ލެއްވޭ ގޮތަށް ވަނީ ހަދާފައެވެ. މީގެ އިތުރުން ކުރީގެ ފޯނާ ހިލާފަށް މިފަހަރު އިންޓަނެޓަށް ވަނުމަށް އޮޕެރާ މިނީ ވަނީ ހިމަނާފައެވެ.

 

މިހާރުގެ މާކެޓަށް ބަލާއިރު މިއީ އާދައިގެ ފީޗާތަކެއް ނަމަވެސް މިއީ ނޮކިޔާގެ އިހުގެ ފޯނަކަށް ބަލާއިރު ވަރަށް ޒަމާނީ ފީޗާތަކެކެވެ. އަދި ނޮކިޔާގެ ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފޯނުގެ ބެޓެރީއެވެ. ސްޓޭންޑްބައި މޯޑުގައި 31 ދުވަސް ވަންދެން ޗާޖް ހިފަހައްޓައެވެ. ޓޯކްޓައިމަށް ބަލާ ނަމަ 22 ގަޑިއިރު ބެޓެރީ ހިފަހައްޓައެވެ.

 

ނޮކިޔާގެ މި ފޯނު މާކެޓުގައި ވިއްކަން ފެށުމަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ ދެ ވަނަ ކުއާޓާގައެވެ. އެގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނި 52 ޑޮލަރެވެ.

 

ކުރީގެ ފޯނުތައް ޒަމާނީ ބަދަލުތަކާ އެކު އަލުން މާކެޓަށް ނެރުމަށް ނޮކިޔާ އިން މަސައްކަތް ފަށާފައިވާ އިރު އެ ކުންފުނިން ވަނީ ޒަމާނީ ފޯނުތަކާ ވާދަކުރުމަށް ވެސް ވަރުގަދަ ސްމާޓް ފޯނުތައް މާކެޓަށް ނެރުމަށް ތައްޔާރުވެފައެވެ. އަދި ފޯނުގެ އިތުރުން މިހާރު އެހެން ކުންފުނިތަކުން މާކެޓަށް ނެރޭ ސްމާޓް ގަޑި އާއި އެ ނޫން ވެސް ވަސީލަތްތައް މާކެޓަށް ނެރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް