22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ކިމް ޖޮން ނަމް

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

  • މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކިމް ޖޮން ނަމް ތަހައްމަލުކުރީ "ވަރަށް ވޭންދެނިވި" ވަގުތުކޮޅެއް
އަހުމަދު އަނޫޝު | IamAhmedAnoosh

| 27 ފެބުރުވަރީ 2017 | ހޯމަ 16:44 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކިމް ޖޮން ނަމް -- އޭއެފްޕީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ ގައިގައި ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ މަރުވެފައިވާ ކަމަށް އޯޓޮޕްސީން ދައްކައިފިއެވެ.

އާދިއްތަ ދުވަހު، ކިމް ޖޮން ނަމްގެ އޯޓޮޕްސީއާ ހަވާލާދީ މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ސުބްރަމާނިއަމް ސަތަސިވަމް ވިދާޅުވީ "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 15 މިނެޓާއި 20 މިނެޓާ ދޭތެރޭ މަރުވެފައިވާ ކަމަށާއި، މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ތަހައްމަލުކޮށްފައި ވަނީ "ވަރަށް ވޭންދެނިވި" ވަގުތުކޮޅެއް ކަމަށެވެ. ޑރ. ސުބްރަމާނިއަމް ވިދާޅުވީ ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން މާގިނަ އިރުތަކެއްނުވެ އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި ކިމް ޖޮން ނަމް މަރުވީ އެމްބިއުލާންސްގެ ތެރެއަށް ކަމަށެވެ.

ޑރ. ސުބްރަމާނިއަމް އިތުރަށް ވިދާޅުވީ ރަސްމީ ގޮތުން އެއީ ކާކުކަން ދެނެގަނެވުމުން އެބޭފުޅުންގެ ޒިންމާ އަދާވީ ކަމަށެވެ. ރަސްމީ ގޮތުން ކިމް ޖޮން ނަމް ކަން ދެނަގަތުމަށްޓަކައި އޭނާއާ އެންމެ ގާތްތިމާގެ މީހެއްގެ ޑީއެންއޭ ސާމްޕަލްއަކާއި، ޑެންޓަލް ޕްރޮފައިލިން އާއި އަދި ބޮޑީ މާކްސް ބޭނުންވާނެ ކަމަށް ވެސް ޑިކްޓަރު ވިދާޅުވެފައި ވެއެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް", އޭނާ ބުނެފައި ވެއެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ އަންހެނުން ވެގެންނެވެ. ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ބަޔަކު މިހާރު ވެސް ހައްޔަރުކޮށްފައިވާއިރު އިތުރު ބަޔަކު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް