18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އޮސްކާ އެވޯޑް 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

  • "ދަ ސޭލްސްމަން" އަށް އޮސްކާ ލިބިފައިވަނީ "ބެސްޓް ފޮރިން ލެންގުއޭޖް ފިލްމް" ކެޓަގަރީ އިން
  • ފަރްހާދީގެ ބަދަލުގައި އޮސްކާއާއި ހަވާލުވެފައިވަނީ އިރާނަށް ނިސްބަތްވާ އިންޖިނިއަރެއް ކަމަށްވާ އަނޫޝާ އަންސާރީ
ރުޝްދާ ރަޝީދު | rushdhar

| 27 ފެބުރުވަރީ 2017 | ހޯމަ 15:19 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


އަސްގަރް ފަރްހާދީ: "ދަ ސޭލްސްމަން" އަށް ލިބުނު އޮސްކާ އަށް ހަވާޅުވުމަށް ހާޒިވުވެފައެއް ނުވޭ -- -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރ އަސްގަރް ފަރްހާދީއަށް އޮސްކާ އެވޯޑް ލިބިއްޖެ އެވެ.

ފަރްހާދީ އަށް އެވޯޑް ލިބިފައިވަނީ "ބެސްޓް ފޮރިން ލެންގުއޭޖް ފިލްމް" ކެޓަގަރީ އިން އޭނާ ޑިރެކްޓް ކޮށްފައިވާ "ދަ ސޭލްސްމަން" ފިލްމަށެވެ. މިއީ، ފަރްހާދީއަށް ލިބުނު ދެވަނަ އޮސްކާ އެވެ.

ފަރްހާދީ ވަނީ ޓްރަމްޕްގެ ގަރާރާއި ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮސްކާ އެވޯޑް ބޯއިކޮޓް ކޮށްފަ އެވެ.

ފަރްހާދީގެ ބަދަލުގައި އޮސްކާއާއި ހަވާލުވެފައިވަނީ އިރާނަށް ނިސްބަތްވާ އިންޖިނިއަރެއް ކަމަށްވާ އަނޫޝާ އަންސާރީ އެވެ. އަންސާރީ ވަނީ ފަރްހާދީގެ ބަޔާނެއް އިއްވާފަ އެވެ.

ފަރްހާދީގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އޮސްކާއަށް ހާޒިރުނުވީ އޭނާގެ ގައުމުގެ ރައްޔިތުންނަށް އިހްތިރާމްކުރުމުގެ ގޮތުން ކަމަށެވެ. އަދި، ޓްރަމްޕްގެ ގަރާރަކީ ލާއިންސާނީ ގަރާރެއް ކަމަށާއި އެއީ ބައިބައިވުމާއި ނުތަނަވަސްކަމަށް ފުރުސަތުދޭ ގަރާރެއް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

ފަރްހާދީ ބުނީ ފިލްމު އުފައްދާ މީހުންނަކީ އިންސާނިއްޔަތު ދައްކުވައިދެވޭނެ ބައެއް ކަމަށާއި އެކި ކަންކަމާއި މެދު ގަބޫލުކުރެވޭ ގަބޫލުކުރުންތައް ބަދަލުކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމަށެވެ. އަދި، ފިލްމު އުފައްދާ މީހުންގެ ދައުރު މިއަދު ވަރަށް ވެސް މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް އަމަލުކުރުން ވަގުތީ އަމުރަކުން ހުއްޓުވާފައިވީ ނަމަވެސް، ފަރްހާދީ ވަނީ އެމެރިކާއަށް އެތެރެނުވުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ދެހާސްބާރަ ވަނަ އަހަރު ފަރްހާދީގެ "އަ ސެޕަރޭޝަން" އަށް ލިބުނު އޮސްކާ އޭނާ ވަނީ އިރާންގެ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް