12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ސައުދީ ރަސްގެފާނު

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

  • ސައުދީ ރަސްގެފާނަން އޮނަރަރީ ޑިގްރީ އަކާއި އެވޯޑެއް އަރުވާނެ
  • އަރަމްކޯ އާއި ޕެޓްރޯނަސް އިން ބޮޑު އެއްބސްވުމެއްގައި ސޮއިކުރާނެ
  • ދެ ޤާއުމުގެ ދީނީ ޢިލްމުވެރިންގެ ބައްދަލުވުމެއް ބާއްވާނެ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 27 ފެބުރުވަރީ 2017 | ހޯމަ 14:53 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ސަލްމާން ރަސްގެފާނުގެ ޝަރަފުގައި މެލޭޝިއާގެ ސުލްތާން މުޙައްމަދު 5 ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން – ފޮޓޯ: ދަ ސްޓާ -- ގޫގުލް

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި، ސައުދީ އާއި މެލޭޝިއާ އާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެއްހިއްޖެއެވެ.

ހޯމަ ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ފުރިހަމަ ތަފްޞީލް އަދި އެއްވެސް ޤައުމަކުން ހާމަކޮށްފައި ނުވި ނަމަވެސް، ސައުދީ އާއި މެލޭޝިއާ އާއި ދެމެދު ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލުން މިހާތަނަށް މީޑިއާއަށް ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ހޯމަ ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، މެލޭޝިއާ ސަރުކާރުގެ މައި ތެޔޮ ކުންފުނި، ޕެޓްރޯނަސް ގެ ރިފައިނަރީ އެންޑް ޕެޓްރޯކެމިކަލްސް އިންޓަރގްރޭޓެޑް ޑިވެލޮޕްމެންޓް (ރެޕިޑް) މަޝްރޫޢުގައި އެހީވުމަށް ސައުދީގެ ތެޔޮ ކުންފުނި، އަރަމްކޯ އާއި އެކު ވުމަށް ހަމަޖެހިފައިވާ އެއްބަސްވުމާއި، ސައުދީއިން މެލޭޝިއާއަށް ދީފައިވާ ޙައްޖު ކޯޓާ އިތުރު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

މީގެ ތެރެއިން އަރަމްކޯއިން އެހީވުމަށް އެއްބަސްވާ، ޕެޓްރޯނަސްގެ މި މަޝްރޫޢުއަކީ 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. މި މަޝްރޫޢުއަށް އެހީވުމަށް އަރަމްކޯއިން ނިންމާފައިމިވަނީ، މި މަޝްރޫޢުގައި ބައިވެރި ނުވާނެ ކަމަށް އަރަމްކޯއިން މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު އިޢުލާނު ކުރުމަށްފަހުއެވެ.

ޙައްޖު ކޯޓާ އިތުރު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާއިރު މި އެއްބަސްވުމުގެ ދަށުން، 2013 ވަނަ އަހަރުން ފެށިގެން މެލޭޝިއާއަށް ދީފައިވާ 22300 ޙައްޖާޖީންގެ ކޯޓާ 27900 އަށް އިތުރުވެގެންދާނެއެވެ. އަދި ހަމަ މިއާއެކު މި އެއްބަސްވުމުގެ ދަށުން، މެލޭޝިއާއިން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސަލްމާން ރަސްގެފާނުގެ ދަތުރުފުޅުގައި، އާދީއްތަ ދުވަހުގެރޭ ސަލްމާން ރަސްގެފާނުގެ ޝަރަފުގައި މެލޭޝިއާގެ ސުލްތާން މުޙައްމަދު 5 ދެއްވި ރަސްމީ ޖާފަތެއްގެ ތެރެއިން، މެލެޝިއާއިން ވަނީ މެލޭޝިއާގެ ދައުލަތުގެ ޝަރަފުވެރިކަމުގެ އެވޯޑެއް ސަލްމާން ރަސްގެފާނަށް އަރުއްވާފައެވެ. ޔުނިވަރސިޓި މަލާޔާގެ އިތުރުން، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިން ވެސް ސަލްމާން ރަސްގެފާނަށް އޮނަރަރީ ޑިގްރީއެއް އަރުވަން ވަނީ ނިންމާފައެވެ. އަދި އެ ޔުނިވަރސިޓީއިން ވަނީ ސަލްމާނު ރަސްގެފާނަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ވެސް ދިނުމަށް ނިންމަވާފައެވެ.

މީގެ އިތުރުން މިއަދަށް ހަމަޖެހިފައިވާ ބައެއް އިތުރު ކަންކަމުގެ ތެރޭގައި، ސައުދީ ރަސްގެފާނުގެ ޝަރަފުގައި މެލޭޝިއާގެ ބޮޑުވަޒީރު ދަތުކް ސެރީ ނަޖީބް ތުން ރައްޒާޤް ދެއްވާ މެންދުރުގެ ފަރިއްކޮޅަކާއި، ޔުނިވަރސިޓީ މަލާޔާގެ ފަރާތުން، ސަލްމާން ރަސްގެފާނަށް ހޮނަރަރީ ޑިގްރީއެއް އެރުވުން ހިމެނެއެވެ.

އަދި ހަމަ މިއާއި އެކު، މެލޭޝިއާގެ ދީނީ ޢިލްމުވެރިން، ސަލްމާން ރަސްގެފާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ސައުދީގެ ދީނީ އިލްމުވެރިނާއި ބައްދަލުކުރެއްވުމާއި، ސައުދީ އާއި މެލޭޝިއާގެ ވިޔަފާރިވެރިންގެ ފޯރަމަކާއި، އަދި ދެ ޤައުމުގެ ދަރިވަރުންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީއަރަބިއާ އިން މެލޭޝިއާ އާއެކު ހޯމަ ދުވަހު ގިނަ އެއްބަސްވުނަތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މާޗް 1 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ރަސްގެފާނު މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އަދިވެސް އިތުރު އެކި ދާއިރާތަކުން އެއްބަސްވާނެ ކަމަށް ދެ ގައުމުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ސަލްމާން ރަސްގެފާނު، ދެން ވަޑައިގަންންވަން ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރެއިން ޗައިނާ އާއި އެކު، 15 ދާއިރާއަކުން ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގުމާއި ގުޅޭ އެއްބަސްވުންތަކެއް ވުމަށް ހަމަޖެހިފައިވާއިރު، ޖާޕާނުގެ ސޮފްޓްބޭންކް ގްރޫޕަށް ސައުދީއިން 45 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑޮނީޝިއާގައި ސައުދީން 25 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބެލެވޭއިރު، ބުރުނާއީއަށް ވަޑައިގަތުމަށްފަހު، ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށް ކުރައްވާ 2 ހަފްތާގެ ޗުއްޓީ ދަތުރުފުޅަކުންނެވެ.

ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ޗުއްޓީ ދަތުރުފުޅެއް ނަމަވެސް، މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއް ވާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ މިއާއިއެކު ފ އަތޮޅު ގަތުމަށް ސައުދީ ޝަހީ އާއިލާއިން ކުރިން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، ފ އަތޮޅާއި ގުޅޭ އެއްބަސްވުންތަކެއް ވެސް މި ދަތުރުގެ ތެރެއިން ރާއްޖެ އާއި ސައުދީ އާއި ދެމެދު ވާނެ ކަމުގެ އިޝާރާތްތަކެއް ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް