18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޝާހުރުކް ހާން

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

  • "އިއްތިފާގް" ގެ ރިމޭކްގައި ފެނިގެން ދާނީ ސިދާތް މަލޯތްރާ އަދި ސޮނާކްޝީ ސިނަހާ
ސަހުބާން ފަހުމީ | sahubaan

| 27 ފެބުރުވަރީ 2017 | ހޯމަ 01:14 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ޔަޝްޗޯޕްރާ މެމޯރިއަލް އެވޯޑް ޝާހުރުކް ހާން އަށް -- ގޫގުލް

ބޮލީވޫޑްގައި 1969 ވަނަ އަހަރު ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމް "އިއްތިފާގް" ގެ ރިމޭކެއް ހަދަން ނިންމުން އެ ފިލްމްގެ ލީޑްރޯލް އަދާކުރުމަށް ބޭނުންވާ ކަމަށް ބޮލީވޫޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސުޕްސްޓާ ޝާހުރުކް ހާން ބުނެފިއެވެ.

ޔަޝް ޗޯޕްރާ ޑައިރެކްޓްކޮށް ސުޕަސްޓާ ރާޖޭޝް ކަންނާ އަދި އެކްޓްރެސް ނަންދާ ލީޑްރޯލް އިން ފެނިގެން ދިޔަ "އިއްތިފާގް"ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ ޝާހުރުކް ހާން އާއި ކަރަން ޖޯހަރު ގުޅިގެން އުފައްދާފައިވާ ކުންފުންޏާއި އަދި ވީއާރު ފިލްމްސް ގުޅިގެންނެވެ. ފިލްމުގެ ކޯ ޕްރޮޑިޔުސަރަކީ ޝާހުރުކް ހާންއެވެ.

ހަތަރުވަނަ ޔަޝްޗޯޕްރާ މެމޯރިލް ނެޝަނަލް އެވޯޑް ހާސިލް ކުރުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ޝާހުރުކް ހާން ބުނީ "އިއްތިފާގް" ރިމޭކްގެ ސްކްރިޕްޓް އޭނާ އަށް ލިބުމުން ސްކްރިޕްޓް ކިޔުމަށް ފަހު ފިލްމްގެ ލީޑް ރޯލް އަދާ ކުރުމަށް ބޭނުންވި ކަމަށެވެ. ނަމަވެސް މިވަގުތު މަސައްކަތްތައް ހުރި ގޮތުން އެ ފުރުސަތުގެ ބޭނުން ކުރެވެން ނެތް ކަމަށް ޝާހުރުކް ހާން ބުންޏެވެ.

ޝާހުރުކް ހާން ބުނީ "އިއްތިފާގް" ގެ ލީޑް ރޯލް އަދާ ނުކުރެވުނު ނަމަވެސް "އިއްތިފާގް" ގެ ރިމޭކް އުފައްދާ ޓީމުގެ ހިމެނުނީތީ އުފާ ކުރާ ކަމަށެވެ. އަދި ފިލްމުގެ ލީޑް ރޯލް އަށް ނަގާފައިވާ ސިދާތް މަލޯތްރާ އަދި ސޮނާކްޝީ ސިނަހާ އަދި އެ ރޯޅަށް ވަރަށް ގާބިލް ދެ ތަރިން ކަމަށް ޝާހުރުކް ހާން ބުންޏެވެ. އަދި "އިއްތިފާގް" ގެ ރިމޭކް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މުޅި ޓީމަކީ ވެސް ވަަރށް ވަރުގަދަ ޓީމެއް ކަމަށް ޝާހުރކް ހާން ބުންޏެވެ.

މީގެއިތުރުން ޝާހުރުކް ހާން ބުނީ ޔަޝް ޗޯޕްރާ އުފައްދާފައިވާ ފިލްމެއްގެ ރިމޭކް ހަދާއިރު އެ ފިލްމް ޕްރޮޑިޔުސް ކުރުމުގެ ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ޔަޝް ޗޯޕްރާ އަކީ އޭނާގެ އެންމެ މަގުބޫލް ޑައިރެކްޓަރު ކަމަށާއި ޔަޝް ޗޯޕްރާ އެންމެ ފަހުން އުފެއްދި ފިލްމުގައި ވެސް ލީޑް ރޯލް ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބުނީތީ ޝުކުރު އަދާ ކުރާ ކަމަށް ޝާހުރުކް ހާން ބުންޏެވެ.

"އިއްތިފާގް" ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހުރުކް ހާން ބުނި ނަމަވެސް އެ ފިލް ރިލީޒް ކުރާނެ ވަކި ތާރީހެއް ހާމަ އަދި ފިލްމްގެ ޝޫޓިން ފަށާނެ ވަކިތާރީހެއް ވެސް ޝާހުރުކް ހާން ހާމަކޮށްފައެއް ނުވެއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް