21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަގޭ ރިޕޯޓް

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

  • މިނިސްޓަރު ޝައިނީ ރައީސް މައުމޫނަށް ފާޑު ވިދާޅުވުން ވަނީ އިތުރުވެފައި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 26 ފެބުރުވަރީ 2017 | އާދީއްތަ 18:33 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


މިނިސްޓަރ ޝައިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެކު ސެލްފ -- ވީނިއުސް

"ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރައްގީކުރެއްވި ގޮތަށް ގައުމު ތަރައްގީ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅެއް ނުވޭ" މިއީ ދާދިފަހުން ފިޝަރީޒް މިނިސްޓަރު ޑރ މުޙައްމަދު ޝައިނީ ވިދާޅުވި ވާހަކައެކެވެ. މިވާހަކަ އެކަންޏެއް ނޫނެވެ. މި ފަހަކަށް އައިސް ޑރ. ޝައިނީ ގެންދަވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ބައެއް މީހުންނަށް އެވާހަތައް ވަނީ ބޮޑު މަޖަލަކަށެވެ. ޝައިނީ ފަދަ ސަރުކާރުގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކަ ދައްކަވާތީއެވެ. ބައެއް ފަހަރަށް އެވާހަކަތައް ދައްކަވަނީ ރައީސް މައުމޫނަކީ ކޮންބޭފުޅެއްކަން މިނިސްޓަރު ޝައިނީ އެނގިވަޑައިނުގަންނަވާތީ ހެންވެސްހީވެއެވެ. ކޮންމެއަކަސް އެވާހަކަތައް ވަރަށް މަޖާކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކިޔަން ފަށައިފިއެވެ.

 

ރައީސް މައުމޫން މި ޤައުމަށް ތަރައްޤީއެއް ގެންނަވަން ކުރެއްވި އެއްވެސް މަސައްކަތެއް ނެތް ކަމަށް މިނިސްޓަރު ޝައިނީ ސިފަ ކުރައްވާ ކަހަލައެވެ. ނަމަވެސް މިނިސްޓަރު ޝައިނީގެ މަދުރަސީ ދައުރުން ފެށިގެން އެންމެ ފުރަތަމަ ފިޝަރީޒް މިނިސްޓްރީ އާ ހަމައަށްވެސް ވަޑައިގެންނެވުނީ ރައީސް މައުމޫން ފެއްޓެވި ތަރައްޤީގެ ފާލަން މަތިންނެވެ. މިއަދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް ރައީސް މައުމޫންގެ ސަޕޯޓަރުންނާއި ރައްޔިތުން ތިބީ މާ ބޮޑަށް ރޯފިލާހަމައިގައެވެ. މިނިސްޓަރު ޝައިނީވެސް ހަމަ ބިމަށް ތިރިވެލުމުން އެކަން ވިސްނިވަޑައިގަންނަވާނެ ކަމަށް ރައްޔިތުން ބުނެއެވެ.

 

ރައިސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައިވެސް މިޤައުމަށް ބޭރު ޤައުމުތަކުން އެހީ އާއި ލޯނުވެސް ލިބުނެވެ. އެކަން ނުދަންނަ މީހަކު މިހާރުގެ ސަރުކާރުގެ ހަފޮޅުން އެތެރޭގައި ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ޤައުމު ދަރަނި މިހާރުގެ ސަރުކާރުން ވައްޓާލާފައިވާ ވަރުގެ ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލާފައެއް ނުވެއެވެ. މިއަދު މިނިސްޓަރު ޝައިނީ އާއި އެނޫންވެސް ވަޒީރުންނަށް އަނގަ ހުޅުވޭ ވަރަށް ތައުލީމި ލިބި ކިޔެވިފައިވެސް ވަނީ ރައީސް މައުމޫންވެސް ކުރެއްވި މަސައްކަތްތަކުންނެވެ. ވެރިކަމަށް އަންނަން ވެގެން ތެޅި ފޮޅުނު އިރު ރައީސް މައުމޫން ވަރެއް ނެތިގެން ވާހަކަ ދެއްކެވީވެސް ހުދު މިނިސްޓަރު ޝައިނީގެ ދޫފުޅުންނެވެ. މިއަދު ރައީސް މައުމޫނަށް ފާޑުކިޔައި އެއްވެސް ކަމެއް އެމަނިކުފާނު ކޮށްދެއްވާފައިނުވާ ކަމަށް ރައްޔިތުންނަށް ދައްކަން އުޅުމަކީ ލަދުވެތި ކަމެކެވެ.

 

ރައީސް މައުމޫނު ގޯސްވެގެން އެވާހަކަ ދެއްކުމުގެ ކުރިން މިނިސްޓަރު ސައިނީ ދައްކަވަންޖެހޭ އެހެން ވާހަކަތަކެއް އެބަހުއްޓެވެ. އެ ވާހަކަތައް ނުދައްކަވާ، ރައީސް މައުމޫނަށް ފުރައްސާރަ ކުރުމަކީ ބޮޑު ލަދެކެވެ. ފުރަތަމަ މަސްވެރިންނަށް ދޭންބުނި ފައިސާގެ ވާހަކަ ދައްކަމާހެއްޔެވެ. އުފާވެރިކަމުގެ ކޮޅެއް ނެތް ކަމަށްބުނެ، ފަހުން އިބިލީހުގެ ކައިވެންޏަށް ބަދަލުވި ތެޔޮވަޅުގެ ވާހަކަ ދައްކަވާށެވެ. ރާއްޖޭން ގޭސް ފެނިގެން ފެޅި ކަރާތަކުގެ ފޮނި ވާހަކަތައް ހަނދާނަށް ގެންނާށެވެ. ރިސޯޓުތަކުގެ ހިއްސާގެ ވާހަކައާ ސިވިލް ސަރވިސް އަށް ބޮޑުކުރަން ބުނި މުސާރައިގެ ވާހަކަ ނުދައްކާ ރައީސް މައުމޫންގެ ފަހަތުން ދުވުމަކީ މިނިސްޓަރު ޝައިނީ ކުރެއްވިޔަސް ވަރަށް ހުތުރު ކަމެކެވެ.

 

ސަރުކާރުން ނަގަމުން ތިޔަދާ ހުރިހާ ޓެކުހެއް ޖީބުތަކަށް އަޅައިގެން ތިއްބަސް ރައްޔިތުން ނަށް ވީ ފައިދާ އެއް ނެތެވެ. އެކަންކަމާއި ހިތްހަމަ ޖެހިވަޑައިނުގަންނަވާތީ ރައީސް މައުމޫން އެއްޗެއް ވިދާޅުވުމުން އެކަމަށް ހަޖޫ ޖައްސަވަން މިނިސްޓަރު ޝައިނީއަށް ކެރިވަޑައިގަތުމުންވެސް ރައްޔިތުންނަށް ލިބުނީ ހައިރާން ކަމެކެވެ. އެފަދަ މަޖާ ވާހަކަތައް ދައްކަވާނަމަ ރައްޔިތުންނަށް އެކަންވާނީ މަޖާ ކަމަކަށެވެ. އެކަމަކު މިނިސްޓަރު ޝައިނީ މިއަދު ހުންނެވި ހާލަތާއިމެދު އެ ރައްޔިތުން ހަމްދަރުދީވެސް ވާނެއެވެ. ބައެއް ފަހަރަށް ރައްޔިތުންނަށް މިނިސްޓަރު ޝައިނީގެ މަޤާމާއި ދޭތެރޭގައިވެސް ސުވާލު އުފެދެނީއެވެ.

 

ބައެއް ފަހަރަށް މިނިސްޓަރު ޝައިނީ އަކީ ރައީސް ޔާމީނުގެ ތަރުޖަމާނުތޯ ނުވަތަ ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީތޯ އޮޅުން ފިލުވާލަންވެސް އެ ރައްޔިތުން ބޭނުންވެއެވެ.  ސަބަބަކީ މިހާރު ތިދައްކަވަނީ ފިޝަރީޒް މިނިސްޓަރުގެ ހައިސިއްޔަތުން ޝައިނީ ދައްކަވަންޖެހޭ ވާހަކަތަކެއް ނޫން ކަމަށް އެތައް ބަޔަކު ޤަބޫލުކުރެއެވެ. މިނިސްޓަރު ޝައިނީއަށް އެނގިވަޑައިނުގަތަސް ރާއްޖޭގައި މިވަގުތު ފެންނަހުރި ގިނަ މަސައްކަތްތަކަކީ ރައީސް މައުމޫނު ކުރެއްވި ތަރައްޤީގެ މަސައްކަތްތަކެވެ. ދަގަނޑު ފިލާއިން ހަދާފައި އޮތް އެއަރޕޯޓްއިން ފެށިގެން ފަތުރުވެރިކަމަކީ ރަންބިސް އަޅާކުކުޅަކަށް ހެއްދެވީ ރައީސް ޔާމިންތޯ މިނިސްޓަރު ޝައިނީ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. ވުޖޫދުގައިނެއް ހުޅުމާލެ ވުޖޫދަށްގެންނެވީ ރައީސް ޔާމިންއެއް ނޫނެވެ. ހަމަހޭގައި ތިބޭ ބަޔަކަށް ފެންނާނެ އެތައްކަމެއް އެބަހުއްޓެވެ. ހަމަ އެވާހަތައް މިނިސްޓަރުގެ ދޫފުޅުން ވިދާޅުވި ދުވަސްތަކާއި ރައީސް މައުމޫނު ވަރުގެ ބޭފުޅެއް ނެތިގެން އުޅުއްވި ދުވަސްވަރުވެސް ދެކިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެވެ.

 

މިނިސްޓަރު ޝައިނީ ތިޔަ ވިދާޅުވާ ތަރައްގީ އެންމެނަށް ވެސް އެނގެއެވެ. ތަރައްގީ ކުރަން މަސައްކަތްކުރަނީ ރައީސް މައުމޫންގެ އަތްޕުޅުން ގަދަކަމުން އަތުލައިގަނެގެން އުޅޭ ޕާޓީގެ ދަފްތަރެވެ. ރައީސް މައުމޫން ތަރައްގީއަށް މަސައްކަތްތަކެއް ކޮށްދެއްވާފައި ވަޑައިގެންނެވި ފަހުންވެސް މިޤައުމު ދިވެހިންގެ އަތުގައި އޮތެވެ. ވިއްކައެއްނުލައެވެ. ނުވަތަ 99 އަހަރަކަށް ނުދެއެވެ. ކިތަންމެ ވަރަކަށް ކޮރަޕްޝަން ހިންގިޔަސް ޤައުމުގެ އިސްތިޤްލާލެއް ނުގެއްލެއެވެ. ޤައުމުގެ ވަސީލަތްތައް ހުރީ އަންނަން އޮތް ޖީލުގެ ދިވެހިންނަށް ބޭނުން ކުރެވޭ ގޮތަށެވެ. އެކަމަކު މިނިސްޓަރު ޝައިނީ ތިޔަ ވިދާޅުވާ ރައީސް ޔާމީން ތިޔަ ގެންނަވާ ތަރައްޤީއަކީ ލޮލުގައި އަޅުވާ އަނދުނެއް ފަދަ އެއްޗަކަށް ވެއްޖެއެވެ. ރައްޔިތުން ބުނަނީ ތިގޮތައް ދުވަހަކު ތަރައްގީ ނުކުރިޔަސް ވަރިހަމަ ކަމަށެވެ.

 

ރޮކެޓް ސްޕީޑްގައި އަންނަ ތަރައްޤީއަކީ ރާއްޖޭގެ ބިންބިމާ ފަޅުތަކާ ފަރުތައް ބީލަމަކައް ނުލައި ރައިސް އޮފީހުން ނިންމާލާ ގޮތަކަށް ވިއްކާލުމެވެ. ނޫނީ ކުއްޔަށް ދިނުމެވެ. މިކަންކަމަށް ރައީސް މައުމޫން ފާޑު ވިދާޅުވީ އެމަނިކުފާނަށް ރައްދުދީ މައްސަލައިގެ އަސްލު ފޮރުވަން އުޅޭކަށްނުވާނެއެވެ. އެކަން ކަމަށް ފަސް އަޅާ ފޮރުވަން މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކުރަފި

2 އަހަރު ކުރިން

ޝައިނީއަށް ބަދިގެ ސެޓުވެސް ލިބުނީ މައުމޫން ދައުރުގަ

2
0