19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ވައިޓް ހެލްމެޓްސް

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

  • މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ވަނީ ބޮޑު ތަރުޙިބެއް ލިބިގެން ގޮސްފަ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 26 ފެބުރުވަރީ 2017 | އާދީއްތަ 17:36 | |

މަގުބޫލް

  1. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  2. ފަސް މެމްބަރަކަށް މަޖިލީހަށް ވަދާކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  3. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  6. މިހާރުގެ 7 މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި


"ދަ ވައިޓް ހެލްމެޓްސް" ފިލްމުގެ މަންޒަރެއް - -- ގޫގުލް

ސީރިއާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަ ޖަމާއަތް، ވައިޓް ހެލްމެޓްސްއަށް ބިނާކޮށް، އުފައްދާފައިވާ ފިލްމު، "ދަ ވައިޓް ހެލްމެޓްސް" މި ފަހަރުގެ އޮސްކާއަށް ނޮމިނޭޓްވި ނަމަވެސް، އޮސްކާ ޙަފްލާއަށް އެ ޖަމާއަތުގެ އެއްވެސް މީހަކު ނުދާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު ބުނެފިއެވެ.

ވައިޓް ހެލްމެޓްސްގެ ލީޑަރު ރައީދް ސޮލާހް ބުނީ، އޮސްކާ ހަފުލާއަށް ނުދިއުމަށް ނިންމީ ސީރިއާގެ ހާލަތު މި ވަގުތު އޮތް ގޮތުން ކަމަށެވެ. އެގޮތުން ސީރިއާ ސަރުކާރުން ބޮން އަޅަމުންދާ ހިސާބުތަކުގައި ކުރަން ހުރި މަސައްކަތްތައް މާ މުހިންމުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑް ހަފްލާގައި ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ، ރައީދްގެ އިތުރުން އެ ޖަމާއަތުގެ މެންބަރު، އަދި މި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރި ޚާލިދު ޚާތިބެވެ.

ހަފްލާއަށް ނުދާނެކަން ހާމަކޮށް، ޚާތިބް ކުރި ޓްވީޓްތަކެއްގައި ބުނީ، އޭނާ ވައިޓް ހެލްމެޓް ޖަމާއަތާއި ގުޅޭ އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށާ، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އެ ފިލްމު ވެސް ނިމޭނެ ކަމަށެވެ.

2013 ވަނަ އުފެއްދި ވައިޓް ހެލްމެޓްސް ޖަމާއަތާއި ގުޅޭގޮތުން ހަދާފައިވާ ފިލްމަށް ކްރިޓިކުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާއިރު، އެ ޖަމާއަތުގެ 3،000 އަށް ވުރެ ގިނަ މަދަދުވެރިންގެ މަސައްކަތުން ސީރިއާ ހަނގުތާމައިގައި އަނިޔާވި 78،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ސަލާމަތްކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް