16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ދިވެހި ފިލްމް

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

  • އަމާނާތުގެ އިތުރު ދެ ޝޯއެއް އެޅުވުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ފެބުރުވަރީ 2017 | އާދީއްތަ 14:43 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އަމާނާތުގެ ބަތަލާ ޖަމްޝީދާ އަހުމަދު -- ގޫގުލް

ދިވެހި ފިލްމު "އަމާނާތް" 19 އަހަރަށް ފަހު މިދިޔަ ފެބްރުއަރީ 14 ގައި އޮލިމްޕަހުގައި އެޅުވުމާއެކު  އެ ފިލްމަށް ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައެވެ.

 

އަނެއްކާ ވެސް "އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު ނިޔާޒް (ޓެޑްރީ) މިވަނީ އުފާވެރި ޚަބަރެއް ދީފިއެވެ.

 

 މިހިނގާ ފެބްރުއައީ 14 އިން 18 އަށް އޮލިމްފަހުގއި ކާމިޔާބު ފަސް ޝޯ ދައްކާ ނިންމާލާފައި ވީނަމަވެސް އަދިވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މި މަހުގެ 28 އަދި އަންނަ  މާރޗް 1 ގައި ޝްވެކް ސިނަމާގައި ދެ ޝޯ އެޅުވުމަށް މިވަނީ ނިންމާފައެވެ.

 

މީގެ އިތުރުން ގިނަ ބައެއްގެ އެދުމުގެ މަތިން އަތޮޅު ތެރޭގައި ވެސް މި ފިލްމް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

 

ފިލްމް އެވޯޑްސްގައި 12 އެވޯޑް  ލިބިފައިވާ އެޓާނަލް ޕިކްޗާރަސްގެ  މި  ފިލްމަކީ ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

 

މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލަވަތައް އަދިވެސް ދަނީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންނެވެ.

 

އެގޮތުން " އޯގާވެރިވޭ ލޯބިވާ" މިލަވައަކީ ފަނޑުވުމެއްނެތި އަދިވެސް ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެއްލަވައެވެ.

 

މާލެއާއި އައްޑޫ ސިޓީގައި ޝޫޓް ކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމު "ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާ އެވެ.

 

މި ފިލްމަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި ހިންދީ ފިލްމު  މައުސޫމް އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް