19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އެމެރިކާއަށް ނޭރުވުން

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

  • ތުރުކީއިން އޭނާ ފުރުން ހުއްޓުވާފައިވަނީ ޕާސްޕޯޓްގައި މައްސަލަތަކެއް އުޅޭކަމަށް ބުނެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 26 ފެބުރުވަރީ 2017 | އާދީއްތަ 14:38 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ވައިޓް ހެލްމެޓްސްގެ ނަންދީފައިވާ އިނގިރޭސިވިލާތުގެ މި ފިލްމްގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ޚާލިދް ޚާތިބް -- ގޫގުލް

އޮސްކާއަށް ނޮމިނޭޓްވި ޑޮކިއުމެންޓްރީއެއް އުފެއްދުމުގެ ފަހަތުގައި ހުރި ސީރިޔާގެ އުމުރުން 21 އަހަރުގެ ޒުވާނާއަށް އެމެރިކާއަށް އެރުން މަނާކޮށްފިއެވެ.

ވައިޓް ހެލްމެޓްސްގެ ނަންދީފައިވާ އިނގިރޭސިވިލާތުގެ މި ފިލްމްގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ޚާލިދް ޚާތިބްއެވެ.

މިއީ ސީރިއާގެ ޢާއްމުންގެ ރައްކާތެރިކަމަށްޓަކައި އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލައިގެން ހިލޭސާބަހަށް މަސައްކަތްކޮށްދޭ ސީރިއަން ސިވިލް ޑިފެންސްގެ މަސައްކަތް ދައްކުވައިދޭ 40 މިނެޓްގެ ނެޓްފްލިކްސް ޑޮކިއުމެންޓްރީއެކެވެ.

މި ފިލަމްކީ ކުރު ޑޮކިއުމެންޓްރީގެ ބައިން، އިނގިރޭސި ވިލާތަށް އޮސްކާއެއް ލިބުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމުގައި ގިނަ ބަޔަކަށް އޮތީ ބެލެވިފައެވެ.

ޚާލިދް ޚާތިބް ވަނީ ސީރިއާގައި ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އޮޕަރޭޓްކުރަމުންދާ ފިލްމް އޯގަނައިޒޭޝަނަށް އެހީތެރިވެފައެވެ.

ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއްގެ ތެރޭގައި އޮތް ސީރިއާގައި މިހާތަނަށް 500،000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު އިތުރު 11 މިލިއަނެއްހާ މީހުން އެ މީހުންގެ ގެދޮރު ދޫކޮށް ނުވަތަ ގައުމު ދޫކޮށް ގޮސްފައިވާކަމަށްވަނީ ބެލެވިފައެވެ.

ތުރުކީއިން ފުރައިގެން ޚާލިދް ޚާތިބް އެމެރިކާއަށް ދަތުރުކުރުމަށް އޮތީ 89 ވަނަ އެކެޑެމީ އެވޯޑްގައި ބައިވެރިވުމަށެވެ.

ތުރުކީއިން އޭނާ ފުރުން ހުއްޓުވާފައިވަނީ އޭނާގެ ޕާސްޕޯޓް މައްސަލަތަކެއް އުޅޭކަމަށްބުނެ އެމެރިކާއިން އޭނާ އެތެރެވުން މަނާވާނެކަމަށް އެންގުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް