15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މޫސަލް ހިފުމަށް ހިންގާ އޮޕަރޭޝ

ކުރުދީ ރިޕޯޓަރަކު މަރާލައިފި

  • ގަރްދީގެ ކެމެރާމަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދިއަ ޔޫނިސް މުސްތަފާވެސްވަނީ ޒަޚަމްވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 26 ފެބުރުވަރީ 2017 | އާދީއްތަ 04:45 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


ރޫޑޯގައި މަސައްކަތްކުރާ ޝިފާ ގަރްދީ މަރުވެފައިވަނީ މަގުމަތީގައި ދެވުނު ބޮމުގެ ހަމަލާއެއްގައި -- ގޫގުލް

އިރާގުގެ ހުޅަނގުގައި އައިއެސްގެ އަތްދަށުގައި އޮތް ސަރަހައްދުތަކުގައި އިރާގުގެ ސިފައިން ހޯދަމުންދާ ކުރިއެރުންތައް ކަވަރުކުރަން އުޅުނު ކުރުދީ ޓީވީ ޗެނަލެއްގެ ނޫސްވެރިއަކު ބޮމުގެ ހަމަލާއެއްގައި މަރުވެއްޖެއެވެ.

އިރާގުގެ ކުރުދީ ޗެނަލެއްކަމަށްވާ ރޫޑޯގައި މަސައްކަތްކުރާ ޝިފާ ގަރްދީ މަރުވެފައިވަނީ މަގުމަތީގައި ދެވުނު ބޮމުގެ ހަމަލާއެއްގައެވެ.

ރޫޑޯ ޗެނަލުން ބުނީ އުމުރުން 30 އަހަރުގެ ގަރްދީ އަކީ ނޫސްވެރިކަމަކީ ފިރެހެނުން އުޅެމުން އައި ވަޒީފާއެއްގެގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނުވި މީހެއްކަމަށެވެ.

އިރާގުގެ ފައުޖުތަކުން ކުރިއެރުން ހޯދަމުންދާއިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުންވެސް މިފަދަ ވަރުގަދަ ހަމަލާތައް އަންނަމުންދެއެވެ.

އައިއެސްގެ އެންމެ ބާރުގަދަ އެއް ސަރަހައްދުކަމަށްވާ މޫސަލްއިން ހަނގުރާމަވެރިން ފައްސާލުމަށް ހިންގާ އޮޕަރޭޝަން އޮކްޓޯބަރު މަހު ފަށާފައިވާއިރު މޫސަލްގެ ހުޅަނގުގެ ޑިސްޓްރިކްޓްތަކަށް އިރާގު ސިފައިން ވަދެފައިވަނީ ހުކުރުދުވަހުއެވެ.

ރޫޑޯ އިން ބުނީ ގަރްދީގެ ކެމެރާމަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދިއަ ޔޫނިސް މުސްތަފާވެސް މި ހަމަލާގައި ޒަޚަމްވެފައިވާކަމަށެވެ.

ގަރްދީއަށް އިހުތިރާމް އަދާކުރުމަށްފަހު ރޫޑޯއިންވަނީ ގަރްދީއަށް ޒަޚަމްވެފައިވާ މުސަޅެއް ފެނުނު ހާދިސާ ހަނދާންކޮށްދީފައެވެ.

"އެ މުސަޅަކީ މޫނުގައި ޒަޚަމެއް ފެންނަންހުރި ބަނޑުހައި ހޫނުކަމުގައި އޮތް އެއްޗެއް.އަހަރެންނާއެކު އޭތި ގެނައިން.އަހަރުމެން އެއަށް ފަރުވާދީ އޭތި ބަލަހައްޓާނެ އެނިމަލް ޕްރޮޓެކްޝަން އޭޖެންސީއަކާ ހަވާލުކުރާނީ" ގަރްދީ ބުނެފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް