26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ކިމް ޖޮން ނަމް ގެ މަރު

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

  • ބައެއް ފަރާތްތަކުން ބުނާގޮތުން ކިމް ޖޮން ނަމް ގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ
އަހުމަދު އަނޫޝު | IamAhmedAnoosh

| 26 ފެބުރުވަރީ 2017 | އާދީއްތަ 01:30 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ސިިޓީ އައިޝަތު -- ބީބީސީ

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް", އޭނާ ބުނެފިއެވެ.

އިންޑޮނީޝިއާގެ އެމްބަސީ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހު ސިޓީ އައިޝަތް ނަމަކަށް ކިޔާ އަންހެން މީހާ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބައްދަލުކޮށްފައެވެ. އިންޑޮނީޝިއާގެ އޮފިޝަލުން ގާތު ސިޓީ އައިޝަތު ބުނީ އޭނާ ކިމް ޖޮން ނަމް ގެ މޫނުގައި "ބޭބީ އޮއިލް" ހޭކީ ރިއަލިޓީ ޝޯއެއްގެ ޖޯކެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް  ހުކުރު ދުވަހު އެނގިގެން ދިޔައީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ އަންހެނުން ވެގެންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ކިމް ޖޮން ނަމް ގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ އެވެ. އެހެންނަމަވެސް އެކަން އުތުރު ކޮރެއާ އިން ދޮގު ކުރެއެވެ. ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން ވިއެޓްނާމްގެ އަންހެނަކާއި އުުތުރު ކޮރެއާ ގެ އަންހެނެއްވެސް ހައްޔަރުކޮށްފައިވެއެވެ. އިތުރު ހަތް މީހަކު ފުލުހުން ދަނީ ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް