22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ދިވެހި ފިލްމް

ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

  • ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 ފެބުރުވަރީ 2017 | ހޮނިހިރު 18:22 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


"ވިޝްކާ" ގެ ޕްރޮމޯޝަނަލް ޕޯސްޓަރ -- ފޭސްބުކް

އަންނަ މާރޗް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޔާރާ ޕްރޮޑަކްޝަންސްގެ ފިލްމް "ވިޝްކާ"ގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ މިވަނީ ހޫނު ވެފައެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

 

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

 

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ.

 

އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

 

މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ.

 

މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

 

ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް