
| 25 ފެބުރުވަރީ 2017 | ހޮނިހިރު 17:40 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ޕާކިސްތާނު އިންޓަރނޭޝަނަލް އެއާލައިންސް ފްލައިޓެއްގައި ގޮނޑި ހުރި ވަރަށްވުރެ އިތުރަށް ހަތް މީހަކު ބޯޓްގެ ގޮނޑިބަރި ކައިރީ ކޮޅަށް ތިބެގެން ދަތުރު ކުރުމަށް ހުއްދަ ދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ އެއަރލައިންގެ ތަރުޖަމާނު ހާމަކޮށްފިއެވެ.
އެއާލައިނުން ބުނީ ޖެނުއަރީ 20 ވަނަ ދުވަހު މަދީނާއަށް ދަތުރުކުރި ފްލައިޓް ސީޓްތައް ފުލްވުމުންވެސް އިތުރު ފަސިންޖަރުންނަށް ޖާގަ ދީފައިވާކަމަށެވެ.
ފްލައިޓްގެ ތަފްސީލް ހާމަވެފައި މިވަނީ ޑޯން ނޫހުން ކުރި ތަހުގީގަކަށްފަހުއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ސްޓާފުންގެ އަތުން ލިޔެފައިވާ އިތުރު ބޯޑިންގް ޕާސް ފަސިންޖަރުންނަށް ދޫކޮށްފައިވެއެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާ ކާރަކު މިހާދިސާއާ ގުޅިގެން ބުނެފައިވަނީ، އިތުރަށް މީހުން އަރުވައި، ތޮއްޖެހިފައިވާ ފްލައިޓެގައި ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ އޮކްސިޖަން ބޭނުންވާ ފަރާތްތަކަށް އޮކްސިޖަން ނުލިބުންފަދަ މައްސަލަތަކާ ކުރިމަތިވާނެކަމަށެވެ.
މި ފްލައިޓްއާ މެދު ސުވާލު އުފެދިގެން ދިއައީ ބޯއިންގ777 ގެ އެ ބޯޓުގައި ފަސިންޖަރުންނާއި ކްރޫއިންނާއެކު ޖުމްލަ 409 މީހުންގެ ޖާގަ އޮންނައިރު ޖުމްލަ 416 މީހުން ދަތުރުކުރުމުންނެވެ.
ޑޯން ނޫހުންވަނީ،ފަސިންޖަރުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅި މައްސަލައިގައި ޕާކިސްތާން އެއާލައިންއަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމަށް އެގައުމުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މައްޗަށް ތުހުމަތުކޮށްފައެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ތަރުޖަމާނު ޑަންޔަލް ގިލާނީ ބީބީސީގައި ވިދާޅުވީ މައްސަލަ ދަނީ ތަހުގީގު ކުރެވެމުންކަމަށާއި ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައެޅުނުހާ އަވަހަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކިހާ ވަގުތެއް ނަގާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމަށް ވަކި ވަގުތެއް ކަނޑައަޅަން ދަތިވާނެކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް