19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އދ ބަޔާން

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

  • މިއީ އަނިޔާވެރިކަމަށް ބާރުއަޅާ ޙުކުމެއް: ރަވީނާ ޝަމްދަސާނީ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 25 ފެބުރުވަރީ 2017 | ހޮނިހިރު 17:35 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ފަލަސްތީނުގެ ރައްޔިތަކު މެރި މައްސަލައިގައި 18 މަސްދުވަހަށް ޖަލަށް ލާފައިވާ ސިފައިންގެ މީހާ އޭނަގެ އާއިލާ އާއި އެކު – ފޮޓޯ: އަލްޖަޒީރާ -- އާކައިވް

އަނިޔާވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގައި އިސްރާއީލު އަސްކަރިއްޔާގެ އޮފިސަރެއް 18 މަސްދުވަހަށް ޖަލަށް ލުމަށް ކުރި ޙުކުމަކީ މާ ކުޑަ ޙުކުމެއް ކަމަށާއި އެކަން ޤަބޫލު ނުކުރެވޭނެ ކަމަށް އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ބުނެފިއެވެ.

ނިމިގެން ދިޔަ އަހަރުގެ މާޗުމަހު އިސްރާއީލު ފުލުހުންނަށް ދިން ވަޅީގެ ހަމަލާއަކަށްފަހު އިސްރާއީލު ސިފައިންގެ ރައްދު ހަަމަލާގައި އަނިޔާވެފައިވަނިކޮށް، ބޮލަށް ބަޑި ޖަހައި މަރާލި، ޢަބްދުލް ފައްތާޙު އަލް ޝަރީފްގެ މަރުގެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ، އިސްރާއީލު އަސްކަރިއްޔާގެ ފީރް ބްރިގޭޑްގެ ޝިމްޝޯން ބެޓާލިއަންގައި މެޑިކްއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އީލޯ އަޒާރިއާއަށެވެ.

އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ތަރުޖަމާނު، ރަވީނަ ޝަމްދަސާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނިމިގެން މިދާ ހަފްތާގައި ތެލް އަވީވުގެ އަސްކަރީ ކޯޓަކުން އަޒާރިއާގެ މައްޗަށް އިއްވި ޙުކުމާއި މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޢަބްދުލް ފައްތާޙު އަލް ޝަރީފް މަރާލާފައިވަނީ އޭނާއަށް އަނިޔާވެ، އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ވެސް ނެތް، އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ވެސް ނެތް ހާލަތެއްގައި ކަމަށެވެ.

ރަވީނާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، އިސްރާއީލުގެ ޤާނޫނުތަކުގައި މިފަަދަ ގޮތަކަށް މީހަކު މަރާލުމުގެ އަމަލެއް ހިންގާ މީހެއްގެ މައްޗަށް ގިނަވެގެން 20 އަހަރުގެ ޖަލު ޙުކުމެއް ކުރުމުގެ މަގު ފަހިކޮށްދީފައިވަނިކޮށް، މިފަދަ ލުއި ޙުކުމެއް ކުރުމަކީ އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެ، މިފަދަ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބިގެން ދާނެ ކަމެއް ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފަދަ އެކި ހާދިސާތަކުގައި އުޒުރަކާއި ނުލައި، އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނަށް ދިން ހަމަލާ ތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވީނަމަވެސް، އަޒާރިއާ އަކީ މިފަދަ މައްސަލައެއްގައި އިސްރާއިލުން ޙުކުމެއް ކުރި ފުރަތަމަ ސިފައިންގެ އޮފިސަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް