23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސީރިއާގެ ސުލްޙައިގެ ވާހަކަތައް

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

  • މިއީ މަޝްވަރާތައް ބާއްވާ ހަތަރު ވަނަ ފަހަރު
  • ކުރީގެ މަޝްވަރާތައް ކާމިޔާބެއް ނުވި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 25 ފެބުރުވަރީ 2017 | ހޮނިހިރު 15:17 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ވަފުދު – ފޮޓޯ: ރޮއިޓަރޒް -- ގޫގުލް

ޖެނީވާގައި އިއްޔެ ފެށި ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުން ކާމިޔާބު ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އދ. އިން ސީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު، ސްޓެފަން ޑި މިސްތޫރާގެ އިސްނެންގެވުމުގެ ދަށުން، ފެށި މި ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނީ، މަޝްވަރާތަކުގެ ފެށުން ކާމިޔާބު ކަމަށާއި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސިޔަސީ ބަދަލާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، ސީރިއާގެ ވެރިކަމާ އިދިކޮޅު ފަރާތްތަކުން ހަވާލުވުމާއި، އިންތިޤާލީ މަރުހަލާގައި ކަންކަން ކުރާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަން އިދިކޮޅު ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާ ނާސިރް އަލް ހަރީރީ ވިދާޅުވީ، ކުރިން ބޭއްވުނު މަޝްވަރާތަކަށް ވުރެ ފުޅާ ދާއިރާއެއްގައި މިފަހަރުގެ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށާއި، ނަމަވެސް އެއްވެސް ކަމަކާ މެދު އަދި ގޮތެއް ނިންމޭވަރު ވެފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސީރިއާގެ ވެރިކަން ބަދަލުކުރުމާއި، އާ ސަރުކާރައި، އާ ޤާނޫނު އަސާސީއެއް އެކުލަވައިލުމާއި، އަދި އދ. ގެ ބެލުމުގެ ދަށުން ބާއްވަން ހުށަހަޅާ ރިޔާސީ އިންތިޚާބުގެ ވާހަކަތައް ހިމެނޭ، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2254 އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތް އދ. ގެ މަންދޫބަށް ހުށަހަޅާފައިވާ ކަމަށެވެ.

ނާސިރް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އުއްމީދަކީ، މި ވާހަކަތަކުގެ ސަބަބުން ސީރިއާގެ އާންމު ރައްޔިތުންނަށް، އެފަރާތްތަކުގެ އުއްމީދުތަކާއި ހުވަފެންތައް ކާމިޔާބު ކުރުމަށް، އިންސަފުވެރި ސިޔާސީ ހައްލެއް ލިބިގެން ދިއުން ކަމަށެވެ. އަދި ހަމަ މިއާ އެކު އދ. ގެ މަސައްކަތްތަކަށް ރައީސް ބައްޝާރުގެ ސަރުކާރުގެ އެއްބާރުލުން ހޯދުމަށް އިދިކޮޅު ފަރާތްތަކަށް ބާރުއަޅާނެ ކަމުގެ ޔަޤީން ވެސް ނާސިރު ވަނީ ދެއްވާފައެވެ.

ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު ސީރިއާ ސަރުކާރުގެ ވަފުދާއި އެކު އދ. ގެ މަންދޫބު ބޭއްވެވި މަޝްވަރާތަކަށް ފަހު، ސީރިއާ ސަރުކާރުގެ ވަފުދުގެ އިސްވެރިޔާ، ބައްޝާރް އަލް ޖާފަރީ ދެއްކެވި ވާހަކަތަކަށް ބަލާއިރު، އދ. ގެ ހުށަހެޅުންތަކަށް ސީރިއާ ސަރުކާރުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން ދޭހަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް ހަ އަހަރު ވެފައިވާއިރު، މި މައްސަލައިގައި އެކަށޭނަ ޙައްލެއް ހޯދުމަށް މީގެ ކުރިން ސުލްޙައިގެ ވާހަކަތައް ބާއްވަން މަސައްކަތްކުރި 3 ފަހަރުވެސް އެކި ސަބަބުތަކާ ހުރެ ވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް