12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އުތުރު ކޮރެއާ

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

  • އުތުރު ކޮރެއާ އަށް ވިސާއާ ނުލައި އެތެރެވެވޭ ހަމައެކަނި ބަޔަކީ މެލޭޝިޔާގެ ރައްޔިތުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 25 ފެބުރުވަރީ 2017 | ހޮނިހިރު 03:27 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


މަރާލައިފައިވާ ކިމް ޖޮން ނަމް -- އޭއެފްޕީ

އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހްމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ. އަދި މެލޭޝިއާ ރައްޔިތުންނަކީ ވިސާއަކާ ނުލައި އުތުރު ކޮރެއާ އަށް އެތެރެ ވެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނެވެ.

އެހެން ނަމަވެސް އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލުމާ ގުޅިގެން، އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން މިވަނީ ގޯސްވާން ފަށާފައެވެ. މިދިޔަ ހޯމަ ދުވަހު އުތުރު ކޮރެއާ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ވިދާޅުވީ މެލޭޝިއާގެ ތަހުގީގު ކުރާ ފަރާތްތަކުން "ދުޝްމަނުންނާ" ގުޅިގެން ގެއްލުން ދޭން ރާވަމުންދާ ކަމަށެވެ. މިކަމަށް ރައްދު ދެއްވައި މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވީ އެމްބެސެޑަރުގެ ބަސްފުޅަކީ ޑިޕްލޮމެޓިކް ގޮތުން ބަލާއިރު ހަރުކަށި ބަސްފުޅެއް ކަމަށެވެ.

އުތުރު ކޮރެއާ އިން ބުނަމުން ގެންދަނީ މަރާލި ކިމް ޖޮން ނަމްގެ، މަރުގެ ޒިންމާ ނަގަން ޖެހޭނީ މެލޭޝިއާ އިން ކަމަށާއި އެ މަރު މާބޮޑަށް މެލޭޝިއާ އިން ސިޔާސީ ކޮށްފި ކަމަށެވެ. ކިމް ޖޮން ނަމްގެ ނަން ނުބުނެ އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ދަތުރު ކުރި ޑީޕީއާރުކޭ (ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ)ގެ ރައްޔިތަކު މެލޭޝިއާ އެއާޕޯޓުގައި މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. އެ މީހާ މަރުވީ ވިހަ ދީގެން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ގޮތަށް ވާހަކަތައް ފަތުރަނީ އުތުރު ކޮރެއާއާ ދެކޮޅަށް، ދެކުނު ކޮރެއާގެ ރޭވުމެއްގެ ދަށުން ކަމަށެވެ. ކޭސީއެންއޭ އިން އިތުރަށް ބުނީ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮތް މީހެއްގެ ޕޯސްޓް-މޯޓަމް ހަދަން ޖެހޭނީ އޭނާ ނިސްބަތްވާ ގައުމުގެ ހުއްދައާ އެކު ކަމަށާއި އެއާ ޚިލާފަށް ކަންތައް ކުރުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ އަންހެނުން ވެގެންނެވެ. ކިމްގެ މަރާ ގުޅިގެން އުތުރު ކޮރެއާގެ ބަޔަކު ދަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ޑިޕްލޮމެޓިކް ސްޓާފަކު ވެސް ހިމެނެ އެވެ. ހުކުރު ދުވަހު އެނގިގެން ދިޔައީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލައިފައިވ ަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ބައެއް ފާރާތްތަކުން ތުހުމަތު ކުރާ ގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލައިފައި ވަނީ އުތުރު ކޮރެއާ އިންނެވެ. އެހެން ނަމަވެސް އެކަން އުތުރު ކޮރެއާ ދޮގު ކުރެއެވެ. އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން އިލް އަށް ފަހު، އެއްއިރެއްގައި ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ހީކުރެވުނު އެއް ފަރާތަކީ ކިމް ޖޮން ނަމް އެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން އުން އެވެ. އެ މައްސަލާގައި ކިމް ޖޮން ނަމް އާއި އާއިލާ އާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް