24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

މާލިއްޔަތު ކޮމިޓީން ދިރާސާކުރި 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 30 ރިޕޯޓެއް މަޖިލީހުން ފާސްކޮށްފި

  • އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ 2007 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދުގެ އޮޑިޓް ރިޕޯޓްތައް
  • މި އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ހޯމަ ދުވަހުގެ ޖަލްސާގައި ވެސް 33 ރިޕޯޓެއް ވަނީ ފާސްކޮށްފައި
ހައްވާ މުހައްމަދު | @hawwimd

| 16 އޭޕުރިލް 2019 | އަންގާރަ 14:11 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ޗެމްބަރުގައި މެމްބަރުން -- ޕީޕަލް މެގަޒިން

މާލިއްޔަތު ކޮމިޓީން ދިރާސާކުރި 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 30 ރިޕޯޓެއް މަޖިލީހުން ފާސްކޮށްފިއެވެ.

މި އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ދެމެދުގެ ކައުންސިލް އިދާރާތަކުގެ އަދި ސަރުކާރުގެ ވުޒާރާތަކުގެ ރިޕޯޓްތަކެއެވެ.

ރިޕޯޓްތަކަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު ބަހުސްކޮށްފައެއް ނުވެއެވެ. ރިޕޯޓްތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ދުވަހު މެމްބަރުންނަށް ހުޅުވާލާފައިވާއިރު، އެއްވެސް މެމްބަރަކު ޚިޔާލު ހުށަހަޅުއްވާފައިނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.

މި އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން 33 ރިޕޯޓެއް ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ވެސް ފާސްކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯރޓްތައް މާލިއްޔަތު ކޮމިޓީން ޖަލްސާއަށް ހުށަހެޅުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކޮމަންޑޫ ދާއިރާ މެމްބަރު އަހްމަދު ނާޝިދު ވިދާޅުވީ ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މީގެ އެތައް އަހަރެއް ކުރީގެ އޮޑިޓް ރިޕޯޓްތައް ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ރިޕޯޓްތަކަކީ ވެސް އެއްވެސް މައްސަލައެއް އޭގައި ނެތް އޮޑިޓް ރިޕޯޓްތައްކަން ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ. ނާޝިދު ވިދާޅުވީ އޭނާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރެއްވީ ކޮމިޓީގައި ފުނިޖެހިފައި އޮތް ރިޕޯޓްތައް ނިންމާލުމަށް ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް ނާޝިދު ކަނޑައެޅީ 26 ނޮވެމްބަރު 2018 ގައެވެ. އެއީ އޭރު ކޮމިޓީތަކައް މަޖިލީހުގައި މެމްބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ޕާޓީ، ބައެއް މެންބަރުން ބަދަލުކުރެއްވުމާ ގުޅިގެން އެ ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް ވެސް އަލުން އެކުލަވާލުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް