24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މާލިއްޔަތު ކޮމެޓީ

ޖޭއެސްސީއިން ހުށައެޅި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ގޮތް ނިންމުމަށް 19 ވަނަ މަޖިލީހަށް

  • އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2019 | އަންގާރަ 13:35 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމެޓީގެ ތެރެއިން -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ހުށައެޅުން ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރަން ގޮތް ނިންމުމަށް 19 ވަނަ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން އަންގާރަ ދުވަހު ނިންމާފައި ވަނީ އެކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. 

ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށް އަލުން ރިވިއު ކުރަން ހުށައެޅި އިރު 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވައެވެ. އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ. އެންމެ ކުޑަ މުސާރައެއް ފަނޑިޔާރުންގެ ތެރެއިން ލިބިލައްވަނީ މެޖިސްޓްރޭޓަރުންނަށެވެ. އެއީ 23،450 ރުފިޔާއެވެ. މެޖިސްޓްރޭޓަރުންނަށް  ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި ލިބިލައްވަނީ 4،750 ރުފިޔާއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް ސޮއި ކުރައްވާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުންގެ މުސާރަތަކަކީ މިހާރުގެ މުސާރަތަކުގެ ޚަރަދުތަކާއި މިހާރުގެ ދިރިއުޅުމުގެ ޚަރަދުތަކާއި އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި އަޅާބަލާއިރު އެކަށީގެންވާވަރަށްވުރެ ކުޑަ މުސާރައެއްކަމަށް ކޮމިޝަނަށް ފެންނަކަމަށެވެ. އެހެންކަމުން އެ މުސާރަ އަލުން ރިވިއު ކޮށްދިނުމަށް މަޖިލީހަށް ހުށައަޅުއްވާކަމަށް އެސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.  ޖޭއެސްސީއިން ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަށް ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ރިވިއު ކުރުމަށް އެކޮމިޝަންގެ ފަނޑިޔާރުންގެ ވަޒީފާއާއި ބެހޭ ކޮމެޓީއިން ނިންމައި ކޮމިޝަނަށް ހުށައެޅި ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ކޮމިޝަނުގެ މެމްބަރުން ހުށައެޅި އިސްލާހުތައް ހިމެނޭ ގޮތަށެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތް  ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ކަނޑައަޅައި ފާސްކޮށްފައިވަނީ 2010 ވަނަ އަހަރުގެ  28 ޑިސެމްބަރުގައި ރައްޔިތުންގެ މަޖިލީހުންނެވެ. އޭގެ ފަހުން މުސާރަ ރިވިއު ކޮށްފައެއް ނުވެއެވެ. 

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރުން ޕޭ ކަމިޝަނާއި ގުޅިގެން ދައުލަތުގެ މުސާރައާއި އޮނިގަނޑު ރިވިއު ކުރަމުން ދާތީ މިވަގުތު ޖަވާބެއް ދެވެން ނެތްކަމަށް ޖޭއެސްސީއަށް ސިޓީއެއް ހުށައެޅުމަށް ފެނިވަޑައިގެންނަވާ ކަމަށެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ  ވިދާޅުވީ ދައުލަތުގެ އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ފަނޑިޔާރުންނަށް ކަމަށާއި ފަނޑިޔާރުންގެ މުސާރައާއި ބެހޭގޮތުން ގޮތް ނިންމެވުމަށް 19 ވަނަ މަޖިލީހަށް ބޭއްވުމަށް ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދައިރާ މެމްބަރު، އަހްމަދު ނާޝިދު (އޭޑީކޭ ނާޝީދު) ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އިން ވަނީ އެޖެންޑާ 19 އިގެ ގޮތުގައި ބޮޑު އެޖެންޑާއެއް ހިންގާފައި ކަމަށެވެ. އޭގެ ތެރޭގައި ޖުޑީޝަލް ރިފޯމް ހިމެނިފައިވާކަމަށާއި އެ އެޖެންޑާއަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާ އެޖެންޑާއެއްކަމަށެވެ. އެހެންކަމުން ރައްޔިތުން ދީފައިވާ ސާފު މެޖޯރިޓީގެ ތެރެއިން 19 ވަނަ މަޖިލީހަށް ފަނޑިޔާރުންގެ މުސާރަ ރިވިއު ކުރުމަށް ކޮމެޓީއިން ފާސްކޮށްފައިވާ ކަމަށެވެ. 

" މި ކޮމެޓީއިން ތިބޭފުޅުން ތި ވިދާޅުވަނީ 19 ވަނަ މަޖިލީހުން އެބޭފުޅުން ރިވިއު ކުރުމަށް ފާސްކުރުމަށް ހުށައެޅުމަށް. އަޅުގަނޑުމެންގެ މެންޑޭޓުން މި ކަންތައްތައް ނިންމާލަން." ނާޝިދު ވިދާޅުވިއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް