24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ދަރިވަރުންނަށް ހިލޭ ބަހުގެ ހިދުމަތް

ގަމުގައި ސްކޫލް ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ފަށައިފި

  • މި ހިނގާ އެޕްރިލް މަހުން ފެށިގެން ދަރިވަރުންނަށް ބަހުގެ ހިދުމަތް ހިލޭ
  • ބަހުގެ ހިދުތަމުގެ އަގަށްވާ ފައިސާ ދޭނީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން
އަމަން ހަލީމް | soupized

| 16 އޭޕުރިލް 2019 | އަންގާރަ 12:25 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ލ. ގަމު ލިންކް ރޯޑު ސަރަހައްދު -- ޔޫޓިއުބް

ލ. ގަމުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބަހުގެ ހިދުމަތް ބޭނުންކުރާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލާ، އެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ ރަށުގައި ހިންގާ ސްކޫލްތަކަށް ފޮނުވާފައިވާ އެންގުމުގައި ވަނީ މި ހިނގާ އޭޕްރިލް މަހުން ފެށިގެން ދަރިވަރުންނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތަށް ދައްކަންޖެހޭ ފައިސާ އެ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިހާރު ވެސް އެރަށުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 160 ކުއްޖަކު އެ ހިދުމަތް ހޯދަމުން ގެންދާ އިރު، ބަހުގެ ހިދުމަތް ފޯރުކޮށްދެނީ ކޮންމެ ކުއްޖެއްގެ އަތުން 125 ރުފިޔާގެ ފީއެއް ނަގައިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ލ. ގަމުގެ ސްކޫލްތަކަށް މިހެން އެންގީ އެ ރަށުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބަހުގެ ހިދުމަތް ހޯދާ ދަރިވަރުންނަށް އެ ހިދުމަތް ހިލޭ ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެންނެވެ.

ހައްދުންމަތީގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ އެމްޕީއެލް އިންނެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ އައްޑޫގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތް ބޭނުންކުރާ ސްކޫލް ކުދިންނަށް އެ ހިދުމަތް އެއްވެސް އަގަކާ ނުލާ ފޯރުކޮށްދޭން ފަށާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Kulhudhuffushi

6 ދުވަަސް ކުރިން

Adhives mirashakah school baheh naadhey. Mihaaru kithanme dhuvaheh e foni kandanee

0
0