24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޓިވެޓްއިން ހިންގާ ތަމްރީން ޕްރޮގްރާމްތައް

އެމްޕީއެލްއަށް މުއައްޒަފުން ތަމްރީން ކުރުމަށް ޓިވެޓްއާ ގުޅިގެން ޕްރޮގްރާމެއް ފަށައިފި

  • ތަމްރީންދޭން ހަމަޖެހިފައިވަނީ އެމްޕީއެލްއަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން
  • ތަމްރީންދެނީ އެޕްރެންޓިސްޝިޕް އުސޫލުގެ ދަށުން
އަމަން ހަލީމް | soupized

| 16 އޭޕުރިލް 2019 | އަންގާރަ 11:45 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން (ޓިވެޓް) ގުޅިގެން އެ ކުންފުންޏަށް ބޭނުންވާ މުއައްޒިފުން ތަމްރީނު ޕްރޮގްރާމެއް ފަށަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދް އަލީއެވެ. ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމްއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގައި ފުލް ޓައިމް ޓްރެއިނިން ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ އިރު، މި ޕްރޮގްރާމްގެ ދަށުން ސަތޭކައަށް ވުރެ ގިނަ ޒުވާނުން ތަމްރީން ކުރަން ވަނީ ހަމަޖެހިފައެވެ. އެކި ދައުރުތަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމް ކުރިޔަށް ގެންދާނީ އެޕްރެންޓިސްޝިޕް އުސޫލެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގައި އެމްޕީއެލްގައި މަސައްކަތް ކުރާ މުއައްޒަފުންގެ އިތުރުން ޝައުގުވެރިން ހުރި އެހެން ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއަކީ ވަރަށް ގިނަ ދާއިރާތަކަށް ތަމްރީންވެފައި ތިބި ޓެކްނިކަލް މުއައްޒަފުންތަކެއް ބޭނުންވާ ކުންފުންޏެއް ކަމުން، މިއަދު ސޮއިކުރެވިގެން މިދިޔައީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި ކުންފުންޏަށް މުއައްޒަފުން ހޯދުމުގައި ދަތިތަކެއް ހުރިއިރު މި ޕްރޮގްރާމްގެ ދަށުން އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ، ޓިވެޓްގެ ސްޓޭންޑަޑަށް ފެންވަރު ބެލެހެއްޓިގެން ހިންގާ ކޯސްތަކެއް ކަމަށެވެ. އަދި ކޮންމެ ބައިވެރިޔަކު ވެސް ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމުން ސެޓްފިކެޓް ލިބޭނީ ކިޔަވައިދޭ ފަރާތް ނޫން އެހެން ފަރާތެއްގެ އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށް ހާޝިމް ފާހަގަކުރެއްވިއެވެ.

ޓިވެޓް އާއި އެމްޕީއެލް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ތަމްރީންދޭން ހަމަޖެހިފައިވަނީ އެމްޕީއެލްގެ ކޮމާޝަލް ހާބަރަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުންނެވެ. އެގޮތުން ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، އިންޖިނިއަރުންނާއި އެހެނިހެން ޓެކްނިކަލް ދާއިރާތަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް