24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރ.އުނގޫފާރު

އުނގޫފާރު ކައުންސިލުން ތަރައްގީ ކުރި ފިކްނިކް އޭރިޔާ ހުޅުވައިފި

  • ދިގު މުއްދަތަކަށް ބޭނުން ހިފޭ ގޮތަށް އެސަރަހައްދު ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައި
އަމްނާ އިމާދު | @amnabinthimad

| 16 އޭޕުރިލް 2019 | އަންގާރަ 11:43 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ރ، އުނގޫފާރު ގޮނޑޮދޮށް -- އާކައިވް

ރ. އުނގޫފާރު ކައުންސިލުން ތަރައްގީ ކުރި ފިކްނިކް އޭރިޔާ ހުޅުވައިފިއެވެ.

އުނގޫފާރު ކައުންސިލުން ބުނީ ރަށުގެ ގިނަ ބަޔަކު ބޭނުންކުރާ އެސަރަހައްދުގައި ފުޓްބޯޅަ އަދި ވޮލީ ކުޅެވޭނެ ތަންތައް ތަރައްގީކުރެވިފައިވާ ކަމަށެވެ. އަދި އެކި ކަހަލަ ބެންޗް ޕިކްނިކް އޭރިޔާގެ އެކި ސަރަހައްދުތަކުގައި މިހާރު  ވެސް ބަހައްޓާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ގަސްގަހާއި ރުއްރުކުގައި އުންދޯލި އެލުވާފައި ހުންނާނެ ކަމަށާއި، ފެންވެރޭނެ އިންތިޒާމު ވެސް އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން އުނގޫފާރު ކައުންސިލުން ބުނީ ގާއިމުކުރެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން ވީހާ ދިގު މުއްދަތަކަށް މިތަކެތީގެ ފައިދާ ކުރާނެ ގޮތަކަށް ބޭނުން ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޕިކްނިކް އޭރިޔާ ބޭނުންކުރުމުގައި އެސަރަހައްދުގެ އެއްވެސް ރުއްގަހަކަށް ގެއްލުން ނުވާނެހެން އުޅުން ބެހެއްޓުމަށްޓަކައި އަދި އެތަނުގެ ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް