24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ކޮމެޓީއަށް ފޮނުވާފައިވާ ފަސް ބިލެއްގެ ސުންގަޑި މި މަހުގެ ނިޔަލަށް އިތުރު ކޮށްފި

 • ފަސް ބިލް ވަނީ މިމަހުގެ 15 ވަނަ ދުވަހު ސުންގަޑި ހަމަވެފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2019 | އަންގާރަ 11:24 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައިވާ ފަސް ބިލެއްގެ ސުންގަޑި ހަމަވާތީ މި މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެކޮމެޓީއަށް ފޮނުވާފައިވާ 5 ބިލަކީ: 

 1. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލާއި
 2. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށައަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އުވާލުމުގެ ބިލާއި،
 3. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ގެމަނަ ފުށީ ދާއިރާގެ މެމްބަރު ޖަލީމު އުސްމާނު ހުށައަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލާއި،
 4. 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށައަޅުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާއި،
 5. މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލުގެ ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކޮމެޓީއިން ބިލު ނިންމި ގޮތަށް ނޫންކަމުގައި ބަޔާންކޮށް ޝަކުވާގެ ސިޓީއެއް އެކަން ހިނގައިފައިވާގޮތް ބައްލަވައިދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ އަމީންއާންމު ސޮއިކުރައްވައި ފޮނުވާފައިވާ މެމޯގެ މައްސަލައެވެ. 

މި ފަސް ބިލް ވަނީ މި މަހުގެ 15 ވަނަ ދުވަހު (ހޯމަދުވަހު) ސުންގަޑި ހަމަވެފައެވެ. އެހެން ނަމަވެސް އަންގާރަ ދުވަހު އެ ކޮމެޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި އަށް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓުދެއްވާފައި ވަނީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި ގޮތަށް މިމަހުގެ 30 ގެ ކުރިން ބިލްތައް ނިންމަވައި ގޮތެއް ނިންމުމަށެވެ. 

އެ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީތައް ނުބޭއްވި ލަސްވެފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބަށް ކެންޕެއިން ކުރެއްވުމުގައި މެމްބަރުން އުޅުއްވާތީ ކަމަށެވެ. އަދި ހުށައެޅިފައިވާ ފަސް ބިލުގެ ތެރެއިިން ގާނޫނީ ޚިދުމަތުގެ ބިލް މެމްބަރުންނާ ވާހަކަދެއްކެވުމަށް ފަހު ބުދަ ދުވަހަށް އެޖެންޑާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

ހުށައެޅުނު ފަސް ބިލުގެ އިތުރުން އެ ކޮމެޓީއަށް ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ހުށައަޅާފައެވެ. އެންއައިސީއަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ތެރެއިން އެއް މެމްބަރުން ކޮމެޓީއިން ފާސްކުރަންޖެހެއެވެ. ރިޔާޒު ވިދާޅުވީ 26 ބޭފުޅުންގެ ނަންތައް ދިރާސާ ކުރައްވާނެ ދުވަހެއް ކަނޑައަޅުއްވާނީ ވެސް ކޮމެޓީގެ މެމްބަރުންނާ ވާހަކަ ދެއްކެވުމަށް ފަހުގައި ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް