24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އަހްމަދު މަހްލޫފް

މަހްލޫފްގެ ސަސްޕެންޝަން އުވާލައިފި

  • މަހްލޫފްގެ މައްސަލައެއް ނެތް ކަމަށް އޭސީސީ އާއި ފުލުހުން ވެސް ވަނީ ނިންމާފައި
ހައްވާ މުހައްމަދު | @hawwimd

| 16 އޭޕުރިލް 2019 | އަންގާރަ 11:18 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް -- ރާއްޖެއެމްވީ

މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަހްމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލައިފިއެވެ.

މަހްލޫފް މަގާމުން އެކަހެރިކޮށްފައި ވަނީ އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯރޓްގައި އެސްއޯއެފް ކުންފުނިން ޑޮލަރު ގަތް މީހުންގެ ނަންތަކުގެ ތެރޭގައި، އޭނާގެ ނަން އޮތުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިންނެއެވެ.

މަހްލޫފްގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީ އަދި ޕޮލިހުން ވެސް އެއްވެސް މައްސަލައެއް ނެތްކަން ޔަގީންކުރެއްވުމަށް ފަހު އޭނާއަށް އިތުބާރުކުރައްވާ އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ރިޕޯޓާ ގުޅިގެން މަހުލޫފު ގޭގައި މަޑުކުރަން ރައީސް ސޯލިހު އަންގަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

 އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފް ކުންފުނިން މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ކަމަށް ދައްކައެވެ. އެ ރިޕޯޓްގައި މަޚްލޫފްގެ ނަންފުޅު އޮތުމުން، އެކަމާ ގުޅޭ ގޮތުން ރިޕޯޓް އާއްމުވި ދުވަހު މަޚްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ވެސް އަދި އެހެން ވެސް ކޮރަޕްޝަންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭރު ވިދާޅުވެފައިވެއެވެ.

 އެކަމާ ގުޅިގެން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރީއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. މަހްލޫފް ވަނީ 33000 ޑޮލަރަށްވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފް އަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއް ވެސް ޓްވީޓްކުރައްވާފައެވެ.

މަޚްލޫފާ އެކު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ވަނީ ހަމަ މި މައްސަލައިގައި ސަސްޕެންޑް ކުރައްވާފައިވެއެވެ. އޭނާގެ އެކައުންޓަށް ވެސް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައި ވެއެވެ. ނަމަވެސް އަންގާރަދުވަހު އަކްރަމްގެ ސަސްޕެންޝަން ވެސް އުވާލާފައިވަނީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު އެއްވެސް މައްސަލައެއް ނެތުމުން ކަމަށެވެ. މި މައްސަލަތައް އޭސީސީ އާއި ފުލުހުން ވެސް ތަހްގީގުކުރުމަށް ފަހު އެ ބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަން އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މަހްލޫފް އާއި އަކްރަމްގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސްވެރިން ވެސް ސަސްޕެންޑްކޮށްފައި ވެއެވެ. ނަމަވެސް މި ދެ ބޭފުޅުން ފިޔަވައި އެހެން ފަރާތްތަކުގެ ސަސްޕެންޝަނާ މެދު ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް