24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސިއްހީ ދިރާސާތައް ކުރުން

މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގގެ 6 ވަނަ އަދަދު އިފްތިތާހުކޮށްފި

  • ބުލެޓިންގ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން
  • ސިއްހީ ދާއިރާއާ ގުޅުން ހުރި އެކި ދިރާސާތަކުގެ އެބްސްޓްރެކްޓް ބުލެޓިންގގައި ވޭ
ލައިޝާ އަހްމަދު | LailaAhmeds

| 16 އޭޕުރިލް 2019 | އަންގާރަ 11:15 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގގެ 6 ވަނަ އަދަދު އިފްތިތާހު ކުރުން -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ އެކި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނެރޭ "މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިނގް" ގެ 6 ވަނަ އަދަދު އިފްތިތާހުކޮށްފިއެވެ. 

އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި މި ބުލެޓިންގ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. 

ބުލެޓިންގ އިފްތިތާހުކޮށްދެއްވަމުން އަމީން ވިދާޅުވީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ނެރޭ މި ބުލެޓިންގގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅޭ ދިރާސީ މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށާއި، އެފަދަ ދިރާސާތައް ކުރައްވާ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރިސާރޗްގެ ފަންނަށް އިތުރު ދިވެހިން ޝައުޤުވެރި ކުރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ދިވެހިން ސިއްހީ ދާއިރާގެ ރިސާރޗުގެ ފަންނަށް އިތުރަށް ޝައުޤުވެރި ކުރުވުމަކީ ވެސް މުހިއްމު ކަމެއް، އެހެންވީމާ ރިސާރޗް ހެދުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާ، އެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މިނިސްޓްރީގެ ސިޔާސަތެއް، އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރާނަން ރިސާރޗ ކުރުމަށާ އަދި ރިސާރޗު ކުރުމަށް ހޭދަ ކުރުމުގެ ޝައުޤުވެރިކަން ހުރި  އަމިއްލަ ފަރާތްތަކަށް ވެސް އެ ފުރުސަތު ފޯރުކޮށްދިނުމަށް," މިނިސްޓަރ ވިދާޅުވިއެވެ. 

މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިންގ ގެ ހަ ވަނަ އަދަދު އިފްތިތާހު ކުރުން 

މި ބުލެޓިންގގައި ސިއްހީ ދާއިރާއާ ގުޅުންހުރި އެކި ދިރާސާތަކުގެ އެބްސްޓްރެކްޓާއި، ނޭޝަނަލް ހެލްތު ރިސާރޗް ކޮމިޓީއާ ބެހޭ މައުލޫމާތާއި، ސިއްހީ ދިރާސާތައް ކުރުމުގައި އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތު ހިމެނިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މި ބުލެޓިންގ ގެ ސަބަބުން ސިއްހީ ދާއިރާއާ ގުޅުންހުރި ޕްރޮގްރާމްތައް ރޭވުމުގައި އެހީއަކަށްވެ، މަތީ ތައުލީމު ހާސިލު ކުރާ ފަރާތްތަކާއި، ދިރާސާ ކުރާ ފަރާތްތަކަށް ވެސް އެހީއަކަށް ވެގެންދިއުމަށް އެދޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް