24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ވަޒީފާތަކަށް ނާގާބިލު މީހުން ނަގާތީ ސުވާލުކުރުމަށް ސީއެސްސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފި 

  • މެމްބަރުން ހާޒިރު ކުރާނެ ވަގުތެއް ކޮމެޓީގެ މެމްބަރުންނަށް އަންގާނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2019 | އަންގާރަ 10:44 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ކުރިއަށް ގެންދިޔަ ކޮމެޓީގެ ތެރެއިން -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ މީހުން ނަގާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް އެ ކަމިޝަންގެ މެމްބަރުން ހާޒިރުކުރުމަށް ކޮމެޓީއިން ފާސްކޮށްފިއެވެ.

އަންގާރަދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމެޓީގައި އެ ހުށައެޅުން  ފާސްކޮށްފައިވަނީ  ބައިވެރިވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. 

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އާރިފު މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިސް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. 

އެކޮމެޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަނުގެ މެމްބަރުން ހާޒިރު ކުރާނެ ވަގުތެއް ކޮމެޓީގެ މެމްބަރުންނަށް އަންގާނެ ކަމަށެވެ. 

އަންގާރަދުވަހު އޮތް ކޮމެޓީގައި ބައެއް މެމްބަރުން ވަނީ ސިވިލް ސަރވިސް ކަމިޝަނުގެ މެމްބަރުން ހާޒިރު ކުރުމަށް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. 

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަނުގެ ތެރޭގައި ވެސް ޝަރުތު ހަމަނުވާ މެމްބަރުން އެބަތިއްބެވި ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރައްވާފައި ތިއްބެވި މެމްބަރުންކަމަށް  ރޮޒެއިނާ  ފާހަގަކުރެއްވިއެވެ. 

"މި ކޮމެޓީގައި ތިއްބެވި މެމްބަރުން ހެކިވާނެ އެތާގައި އެބަތިބި ސިވިލްސާވިސް ކަމިޝަނުގެ މެމްބަރުކަމަށް ޝަރުތުހަމަނުވާ މެމްބަރުން ވެސް. މިތަނަށް ގެނެސް އެބޭފުޅުން ކިޔަވަން ތިބި ދުވަސްކޮޅަކީ އެބޭފުޅުންގެ ތަޖުރިބާގެ ދުވަސްކަމަށް ބަލައިން ނިންމައިގެން 10 އަހަރުގެ ތަޖުރިބާ ކިޔެވުމަށް ފަހު އޮންނާނެކަމަށް ގާނޫނު ގައި އޮތްއިރު އެނޫން ގޮތަށް އަމަލު ކޮށްގެން މި ކޮމެޓީއިން ނަގާފައި ތިއްބެވި މެމްބަރުން ސިވިލް ސަރވިސްގައި އެބަތިބި" ރޮޒެއިނާ ވިދާޅުވިއެވެ. 

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގާފައިވާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސަރވިސްގެ މެމްބަރުން ބައިވެރިވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރާމީހުންނަށް އޮތް ބިރުވެރިކަން އޮތް ކަމަށެވެ.  ސިވިލް ސަރވިސް ގެ މުއައްޒަފުން  ނާއި މެމްބަރުން ސިޔާސީ ހަރަކާތްތަކަށް ދިއުމަށް މަޖުބޫރުކޮށް ހާޒިރީ މާކް ކުރުން ފަދަ ކަންތައްތައް މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކަމަށާއި 18 ވަނަ މަޖިލީހުގެ ފަހު ދައުރުގައި އެކަހަލަ ހުށައެޅުމެއް ހުށައެޅުމުން ހައިރާންވެލައްވާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެވާހަކަތައް މީޑިއާގަ އާއި މަޖިލީހުގެ މެމްބަރުން ވެސް ސަމާލު ކަމަށް ގެނައި ކަމަށާއި އެކަމާއި އަޅާލާފައި ނުވާ ކަމަށް ވިދާޅުވިއެވެ. 

"މުއައްޒަފުންނަށް ފޮނުވާފައި ހުންނަ މެސެޖްތަކާއި  މެމޯ ހެއްދުމާއި މި ކަންތައްތަކަކީ މުޅި މީޑިއާއަށް ފަލީހަތް ވެފައިވާ ކަންތައްތައް. މި ހުރިހާ ކަމެއް ހިނގައިދިޔައިރު މިއިން އެއްވެސް ކަމެއްގައި މި ބޭފުޅުން އަޅުގަނޑޫމެން ޝަކުވާ ހުށައެޅިއިރު ބެލުމެއް ނެތް.މިއަދު ކުއްލިއަކަށް ވެއްޖިއްޔާ އަޅުގަނޑު ޔަގީންކަން އަރުވަނީ ހަމަގައިމު މިހާރު މިއޮތް ސަރުކާރުގައި މަޖުބޫރު ކަމެއް ނޯންނާނެ އެވެސް މުއައްޒަފަކަށް،" އިންތި ވިދާޅުވިއެވެ. 

 ސިވިސް ސަރވިސް ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. 

ސީއެސްސީގެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް