24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ފުލުހުން

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފި

  • ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއް
  • މި ވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެ
އަމްނާ އިމާދު | @amnabinthimad

| 16 އޭޕުރިލް 2019 | އަންގާރަ 10:26 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން -- ޕޮލިސް

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަދިޔާކޮށްފައި ވަނީ ހޯމަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ޖަޕާނު ސަރުކާރުން ވެދެއްވި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަަސައްކަތުގައި ޖަޕާނު ސަރުކާރުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެ ކަމަށާއި، ޚާއްޞަކޮށް ނުރައްކާތެރި ހާލަތްތަކުގައި ބޭނުންކުރައްވާނެ ކަމަށެވެ. އަދި ޖަޕާން ސަރުކާރާއި ދިވެހި ފުލުހުންނާ ދެމެދު މިހާރު ވެސް އޮތް ގާތްކަން ބާއްވާނޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން ދެމެހެއްޓުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ވިދާޅުވީ ދިވެހި ފުލުހުންނާއި ހަވާލުކުރެވުނު މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ވަސީލަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރުމަށްޓަކައި ފަރުވާތެރިކަމާ އެކު ބަލަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތަކުގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސްތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް