24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ނޮޓްރަ ޑޭމް ޗަރޗްގައި ރޯވުން

ފަރަންސޭސި ގަދީމީ ފައްޅިއެއްގައި އަލިފާން ރޯވެއްޖެ

  • އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 16 އޭޕުރިލް 2019 | އަންގާރަ 08:55 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އަލިފާން ރޯވެފައި ވަނީ ފްރާންސް ގަޑިން 18:30 ހާއިރު -- ވޯލް ސްޓްރީޓް ޖާނަލް

ފަރަންސޭސި ވިލާތުގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ ނޮޓްރަ ޑޭމް ޗަރޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަށް ސަތޭކަ ފަންސާސް އަހަރުވެފައިވާ މި އިމާރާތުގައި ރޯވެ ފުރާޅު ވެއްޓިފައިވީ ނަމަވެސް އިމާރާތުގެ އޮނިގަނޑާއި ދެ ރަނގަބީލު ޓަވަރު ހަލާކުވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތްކުރި ފަރާތްތަކުން ވަނީ އިމާރާތުގެ އެތެރޭގައި ހުރި ކުރެހުންތައް ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ ފްރާންސް ގަޑިން 18:30 ހާއިރުއެވެ. އަލިފާން ހިފިތާ ހިނދުކޮޅެއްގެ ތެރޭގައި ކުލަ ބިއްލޫރީގެ ދޮރުތަކާއި ލަކުޑިން ހަދާފައިވައި އިންޓީރިއާ ހަލާކުވެ ފުރާޅާ ހަމައަށް އަލިފާން ވަނީ ފޯރާފައެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ މިއީ "އިންތިހާއަށް ހިތްދަތި" ހާދިސާއެއް ކަމަށެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން މި ހާދިސާއަކީ އާބާތުރަ ފިލުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެެއިން ހިނގާފައިވާ ކަމެއް ކަމަށް ވުން ގާތެވެ. ނަސޯރާ ދީނުގެ މި ފައްޅީގެ މަރާމާތުގެ މަސައްކަތްތަކެއް ފެށީ އިމާރާތުން ރެނދެއް ފެނުމުން އިމާރާތް ހެލެން ފަށާފާނެކަމުގެ ބިރަށެވެ.

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތްކުރި މީހަކަށް ސީރިއަސް ހާނީއްކަތަކެއް ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ފަަރަންސޭސި ޕްރޮސިކިއުޓަރުން ބުނެފައި ވަނީ "އަލިފާނުގެ ހާދިސާގެ" ތަހުގީގެއް ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް