24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މޯލްޑިވްސް ފައިނޭންސް ފޯރަމް

ފައިނޭންސް ފޯރަމް 2019: މި އަހަރުގެ ތީމަކީ ''އިޖުތިމާއި އަދި އިޤްތިސާދީ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރގެ ދައުރު''

  • މާލީ އިދާރާތަކުގެ އިސްވެރިންނާއި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ބައިވެރިވޭ
އަމަން ހަލީމް | soupized

| 16 އޭޕުރިލް 2019 | އަންގާރަ 07:31 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން -- ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން، އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އޭޕްރީލް 22 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2019ގެ ތީމަކީ "އިޖުތިމާއި އަދި އިޤްތިސާދީ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރގެ ދައުރު"އެވެ.  

މިފަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ، ސަރުކާރާއި ފައިނޭންޝަލް ސެކްޓަރ ގުޅިގެން ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ކުރެވެން ހުރިކަންތައްތަކާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ޕްރައިވެޓް ސްކްޓަރ ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައިދިނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެގައި މައުލޫމާތު ބަދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ މިފޯރަމްގައި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާއި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.

އެގޮތުން މި ފޯރަމްގައި ވާހަކަދައްކަން ހަމަޖެހިފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޒީނާޒު އަދި އިކޮނޮމިކް މިނިސްޓްރީގެ އައިޑީބީ ޕްރޮޖެކްޓް މެނޭޖަރު ލަމްޔާ އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކި މައުޟޫތަކަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންތަކެއް ފޯރަމްގެ ބައިވެރިންނާ ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެސްއެމްއީތަކާއި އަލަށް އުފެދޭ ވިޔަފާރިވެރިންނަށް މާލީ އެހީ ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން ބާއްވާ ވަރަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ވެސް މި ފޯރަމްގައި އޮންނާނެއެވެ.

ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ. މިދިޔަ އަހަރު ބޭއްވި ފޯރަމްގެ ތީމަކީ "ވިޔަފާރީގެ ކުރިއެރުމާއި ތަރައްގީއަށް ދިގު މުއްދަތުގެ މާލީ އެހީ ފޯރުކޮށްދިނުމުގައި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ދައުރު" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް