24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ފަލަ ސުރުޚީ

މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ތާއިދު ކުރަން: އަސްލަމް

 • އެމްޑީޕީން ވޯޓު ދޭނެ ގޮތާމެދު ޕީޖީ ގްރޫޕުން ގޮތެއް ނިންމާނެ
 • މައިނޯރިޓީގެ އަޑު ބޮޑަށް އިއްވަން ފުރުސަތު ދޭންޖެހޭ: އަސްލަމް
 • މަޖިލީހުން އިތުރު ކޮމެޓީތައް އުފައްދަންޖެހޭ ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 16 އޭޕުރިލް 2019 | އަންގާރަ 02:31 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ރާއްޖެއެމްވީ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަވަން ތާއިދު ކުރައްވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަސްލަމް އެގޮތަށް ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ އީވާއަކީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަރަށް ގާބިލުބޭފުޅެއް ކަމަށާއި އޭނާއަކީ ހަމަހަމަކަމަށް ލޯބި ކުރައްވާ މެމްބަރެއް ކަމަށެވެ.

"އީވާ އަބްދުﷲ އެންޑޯޒް ކުރަނީ ވަރަށް ހީވާގިކޮށް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މޮޅު ބޭފުޅަކަށް ވާތީ. ވަރަށް ގާބިލު ބޭފުޅެއް. އީވާ އަބްދުﷲ އާއެކު ޕާޓީގެ ތެރެއިން ވަރަށް ގިނަ ދުވަސްވެއްޖެ މަސައްކަތް ކުރާތާ. އަޅުގަނޑަށް ވަރަށް ފަސޭހަވާނެ އީވާ އަބްދުﷲއާ އެކު މަސައްކަތް ކުރަން،"

މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އީވާ އަދި އިއުލާނެއް ނުކުރައްވަފައެވެ. ނަމަވެސް އަސްލަމާ އެކު ފަސް ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިންކަން ފާޅުކުރައްވާފަ އެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފުގެ އިތުރުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. 

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށާއި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައަޅާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓަކުން ކަމަށެވެ. އެ ވޯޓު ނަގާނީ އާ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޕާލަމެންޓްރީ ގްރޫޕުން ވިޕުލައިނެއް ނެރުމާމެދު ގޮތެއް ނިންމާނެއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށާއި އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ކޮމެޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމެޓީތަކުގައި މެމްބަރުންނަށް ލަފާ ދިނުމަށް ޓެކްނިކަލް އެސިސްޓެންޓް ވަރުގަދަ ކުރަންޖެހޭ ކަމަށާއި ކަމާ ގުޅޭ އެކްސްޕާޓުން ކޮމެޓީތަކުގެ އިދާރީ މަސައްކަތަށް ގެންނަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ގޮތުގައި އިތުރު ކޮމެޓީތައް އުފައްދަންޖެހޭ ކަމަށް ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީއަކާއި ޖިންސީ ހަމަހަމަ ކަމާ ގުޅޭ ކޮމެޓީއެއްގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ކޮމެޓީއެއް އުފައްދަންޖެހޭ ކަމަށެވެ.

މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި ތިން ދައުރު ކުރައްވައި، ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީގެ އަޑު ވީހާ ވެސް ބޮޑަށް އިއްވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެގޮތުން މިނިވަން މެމްބަރުންނަށާއި ކުދި ޕާޓީތަކަށް ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަން ލިބޭ ފުރުސަތު އިތުރު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މައިނޯރިޓީއަށް ވެސް ޖާގަ ލިބެންޖެހޭނެ. މައިނޯރިޓީގެ ހައްގުތަކާއި އަޑު އިއްވޭނެ އިންތިޒާމު ވާންޖެހޭ. ކޮންމެ މެމްބަރަކަށް ވެސް ވީހާ ވެސް ބޮޑަށް ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދެވެންޖެހޭ،"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް