24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މަޖިލީހަށް ހުށައަޅާ ބިލްތައް

ނުފޫޒު ގަދަ ވިޔަފާރިތަކުން ކުރާ ނަހަމަ ވިޔަފާރި ހުއްޓުވުމަށް ބިލެއް ހުށައަޅައިފި

  • ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ދެމެހެއްޓުމަކީ މި ބިލްގެ އެއް މަގުސަދު
  • ވިޔަފާރީގެ ވާދަވެރިކަން އޮތް މިންވަރު އިކޮނޮމިކް މިނިސްޓްރީން ބަލައި ދިރާސާ ކުރަންޖެހޭ
އަލީ ސަމާޚް | AliSamah8

| 16 އޭޕުރިލް 2019 | އަންގާރަ 00:49 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ -- ޕީޕަލް މެގަޒިން

ނުފޫޒުފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއް ބޭނުން ނަހަމަ ގޮތުގައި ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށައަޅައި، ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާގައި އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ ޑީޑީ) އެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލެއް ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމީ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްސްވުން ތަކާއި ވިޔަފާރީގެ އަމަލުތައް ހިމެނެއެވެ.  

އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރި އަކާ މާރޖާއެއް ހެދުމުގެ ސަބަބުން ހުރަސް އެޅިގެންދާ ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ.

 އެ ބިލުގައިވާ ގޮތުން ވިޔަފާރި ހިންގާ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި، އެއްވެސް މުދަލެއްގެ މަގްސަދުގައި ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅުމުނެ ނުވަތަ ނޭދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުގައި އެއްބަސްވުމެއް ވުމަކީ ނުވަތަ އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. ވިޔަފާރީގެ ވާދަވެރިކަން ނައްތާލުމަށް ނުވަތަ ވާދަވެރިކަމަށް ހުރަސްއެޅޭ ކަންތައްތަކެއް ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ:

1.  މާކެޓުގައި މުދަލެއް ނުވަތަ ހިދުމަތެއް ވިއްކާނެ ނުވަތަ ގަންނާނެ އަގެއް ކަނޑައެޅުން

2. މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމުގައި އަގު ކަނޑައެޅުމުގެ އިތުރުން އެހެނިހެން ވެސް ސޭލް ޓާރމްސް ނުވަތަ ވިއްކުމާއި ބެހޭ ޝަރުތުތަކެއް ކަނޑައެޅުން

3. ވަކި މާކެޓެއް ނުވަތަ ވަކި ކަސްޓަމަރުންނަށް އެލޮކޭޓްކުރުން

4. މުދަލެއް އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށް ނުވަތަ އުފައްދާނެ ލިމިޓެއް ކަނޑައެޅުން

5. ވިޔަފާރި ހިންގާ ފަރާތްތަކެއް އެކުވެގެން ވަކި ފަރާތްތަކަކަށް މުދާ ފޯރުކޮށްދިނުމަށް އިއުތިޜާޝުކުރުން ނުވަތަ ވަކި ފަރާތެއްގެ ކިބައިން މުދާ ގަތުމަށް އިޢުތިރާޝުކުރުން

6. އިންވެސްޓް ކުރުމުގައި ކޮންޓޮރޯލެއް ގެނައުމާއި ހިފެހެއްޓުން

އަދި މި ފަދަ އަމަލުތަކެއް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް މި ބިލް ގާނޫނަކަށްވުމުން ލިބޭއެވެ. އެގޮތުން އެފަދަ އަމަލެއް ހުއްޓުވުމަށް އެންގުމުގެ އިތުރުން 100،000 ( އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމާނާ ކުރެވޭނެ ކަމަށެވެ.

 ޑީޑީ ހުށައެޅުއްވި އެ ބިލުގައިވާ ގޮތުން ވިޔަފާރިން މަގާމުގެ ނުފޫޒު ބޭނުން ނަހަމަ ގޮތުގައި ބޭނުން ހިފިކަމަށް ވާނީ، މާކެޓުގެ އަގުތަކަށް ނުވަތަ ނެރޭ މުދަލުގެ އަދަދަށް ނުވަތަ ވިޔަފާރީގެ ޝަރުތުތައް ބަދަލު ގެނައުގެ ބާރު ލިބިގެންވާ ފަރާތްތަކެވެ.

އެ ބިލުގައިވާ ގޮތުން އާންމުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ވިޔަފާރި މިންވަރަށް ރިޔާއަތްކޮށް ވަކި ވިޔަފާރިތަކެއް އިސްތިސްނާ ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީ އަށް ލިބިގެންވެއެވެ. އެ މިނިސްޓްރީން އެ އިސްތިސްނާ ކުރުމަށް ނިންމާ ނިންމުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހެއެވެ.

 އެ ބިލުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ވާދަވެރިކަން އޮތް މިންވަރު ބަލައި ދިރާސާ ކުރަން ޖެހޭއެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކާއި އާއްމުން ހޭލުންތެރިކަން ކުރުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް