24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރައީސް ސޯލިހު ކައުންސިލްތަކާ ބައްދަލުކުރެއްވުން

ކޮޅުމަޑުލުގައި ފަތުރުވެރިކަން ތަރައްގީކޮށް ދިނުމަށް ރައީސް އަރިހުން އެދެފި

  • ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް އެ ވިޔަފާރި  ފުޅާކޮށްދިނުމަށް އެދުނު
  • ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަން ރައީސް ފާހަގަ ކުރެއްވި
އަލީ ސަމާޚް | AliSamah8

| 15 އޭޕުރިލް 2019 | ހޯމަ 20:39 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ތ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ރައީސް އޮފީސް

ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކޮށްދިނުމަށް އެ އަތޮޅުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެދެފިއެވެ.

ކޮޅުމަޑުލު ކައުންސިލުން އެކަމަށް އެދިފައިވާނީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖެ.އެމްވީއާ މައުލޫމާތު ހިއްސާ ކުރައްވަމުން ތ. އަތޮޅު ކައުންސިލްގެ ރައީސް ރިލްވާން އަބްދުﷲ ވިދާޅުވީ، އަތޮޅުގައި އޮތީ ހަމަ އެކަނި އެންމެ ރިސޯޓެއް ކަމަށާއި އެ ރިސޯޓުގެ ސަބަބުން އެ އަތޮޅުގެ ކައުންސިލަށް އަދި އެއްވެސް ރަށަކަށް ފައިދާ އެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން  ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް އެ ވިޔަފާރި  ފުޅާކޮށްދިނުމަށް ރައީސް އަރިހު އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތިމަރަފުށީގެ އެއާޕޯޓް ހުއްޓިފައި އޮންނަނީ ފަތުރުވެރިކަން ފުޅާވެފައި ނެތުމުން ކަމަށާއި، އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވެގެން ދިޔުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިލްވާން ވިދާޅުވިއެވެ.

ކޮޅުމަޑުލުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު، ކައުންސިލްގެ ފަރާތުން ވަނީ ރައީސްއާ ހިއްސާ ކޮށްފައެވެ. ކައުންސިލްގެ ފާޅުކުރި ކަންތައް އަޑުއެހުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

 

އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.  ތ. އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.  އާބާދީގައި 16،800 މީހުން ދިރިއުޅޭ, ތ. އަތޮޅު ވެރިކަން ކުރާ ރަށާކީ ވޭމަންޑޫއެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއް އޮވެއެވެ. ކޮޅުމަޑުލު އަތޮޅަކީ ފަޅުރަށްތައް ގިނަ އަތޮޅެކެވެ.

ކޮޅުމަޑުލު އަތޮޅުގައި ރުއްތިބި ކިޔާ ރިސޯޓެއް ތަރައްގީ ކުރުމަށް އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް އަށް މިދިޔަ އަހަރު ވަނީ ދީފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޝާން އަނީސް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް