24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އެކައުންޓުން ފައިސާ ކެނޑޭ މައްސަލަ

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

 • ކަސްޓަމަރުންގެ އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ އެ މުއްދަތުގައި ކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާ
 • އެ ފައިސާއަކީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއް ނޫން
 • އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑިފައިނުވާނެ
ސިމާހާ ނަސީމް | sim_kamana

| 15 އޭޕުރިލް 2019 | ހޯމަ 20:33 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ބީއެމްއެލްގެ ޕީއޯއެސް މެޝިނެއް -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޕީއޯއެސް އެއް މެދުވެރިކޮށް، ކޮށްފައިވާ ވިޔަފާރި މުއާމަލާތްތައް ކަސްޓަމަރުންގެ އެކައުންޓުން މާ ފަހުގެ ތާރީޚެއްގައި ކެނޑިފައިވާ ގޮތާ ބެހޭ ގޮތުން ބީއެމްއެލް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކަސްޓަމަރުގެ އެކައުންޓުން އެ ކުރި ވިޔަފާރީގެ އަދަދު ހޯލްޑް ކުރެވޭނެ ކަމަށެވެ. އެއަށް ފަހު މަރޗަންޓް (ވިޔަފާރިކުރި ތަން) އިން ސެޓްލްމަންޓް ހެދުމުން އެގޮތަށް ހޯލްޑްކުރެވޭ ފައިސާ ކަސްޓަމަރުގެ އެކައުންޓުން ކެނޑި މަރޗަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށާއި އެއީ މުޅިންވެސް އޮޓަމެޓިކްކޮށް ހިނގާ މަސައްކަތަކަށްވުމުން، ކޮންމެ ދުވަހެއްގެ ވިޔަފާރި ނިންމުމަށް ފަހު ޢާންމުކޮށް ހުރިހާ ތަނަކުން ވެސް ސެޓްލްމަންޓް ހަދާ ކަމަށެވެ.

އެދުވަހު ޕީއޯއެސް މެދުވެރިކޮށް ކުރެވިފައިވާ ވިޔަފާރި އަށް ލިބެންވާ ފައިސާ އެކައުންޓަށް ހަމައަށް ޖަމާކުރެވިފައިވޭތޯ ބެލުމަކީ ވެސް މަރޗަންޓުން ކުރަންޖެހޭ އަދި ޢާންމުކޮށް ކުރަމުން އަންނަކަމެއްކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ސެޓްލްމަންޓް ހެދުމުގައި ދަތިކަމެއް ދިމާވެއްޖެނަމަ، އަދި ވިޔަފާރީގެ އެއްވެސް މުއާމަލާތަށް ލިބެންވާ ފައިސާ، އެ ފައިސާ ދެއްކި ފަރާތުގެ އެކައުންޓުން މަރޗަންޓްގެ އެކައުންޓަށް ނުލިބޭކަމުގައިވާނަމަ، ބޭންކަށް އެންގުމުން ބޭންކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަރޗަންޓަށް ދޫކުރެވިފައިވާ ޕީއޯއެސް ސެޓްލްމަންޓް ގެ މައްސަލައެއްވާކަން، ލިންޗްޕިން އިން ބޭންކަށް ރިޕޯރޓްކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ބޭންކުގެ އެހީތެރިކަމާއެކު ސެޓްލްމަންޓްގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ފިހާރައިން ކޮށްފައިވާ ވިޔަފާރިތަކަށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކެނޑިގެންދިޔަ ކަމަށެވެ. އަދި އެ ފައިސާ މަރޗަންޓްގެ އެކައުންޓަށް ޖަމާވި ކަމަށާއި އެކައުންޓުން ފައިސާ ކެނޑުން ލަސްވި ސަބަބު ބޭންކުން އަންނަނީ ކަސްޓަމަރުންނަށް އަންގަމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކަސްޓަމަރުންގެ އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ އެ މުއްދަތުގައި ކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާއަކީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއް ނޫން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން ފައިސާ ކެނޑިފައިނުވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކާޑު މެދުވެރިކޮށް އެއްވެސް ހާލަތެއްގައި ކަސްޓަމަރަކު ނުކުރާ މުއާމަލާތެއް ހިނގައިފިނަމަ އެ މުއާމަލާތް ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަސްޓަމަރުންގެ ޙައްޤުތައް ހޯދައިދެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ އަހަރު ތެރޭގައި ބޭންކުގެ ކަސްޓަމަރުން 39 މިލިއަން މުއާމަލާތް ކޮށްފައިވާއިރު އޭގެ 98 އިންސައްތައަކީ ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ މުއާމާލާތްތައް ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ނިސްބަތުން ވަރަށް މަދު ފަހަރަކު ނަމަވެސް  ދިމާވާ ދަތިތައް ހައްލުކުރާ ކަމަށާއި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭން ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Staff

1 ހަފްތާކުރިން

ޚަބަރުގައި ލިންޗުޕިންގެ ބަހެއް ހިމަނާލިނަމަ އިތުރަށް ފުރިހަމަވީސް. ލިންޕިންއިން ތި މުއްދަތުގައި ސެޓްލްމަންޓް ހަދާފައިވަނީ އަދި ސެޓްލްމަންޓް ސަކްސަސް ވެފައިހުރީވެސް. ދެން ފައިސާ ކެނޑެންވީ ސަބަބެއް ނޭނގޭ.

0
0