24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ކަރަންޓް މައްސަލަ

ކަރަންޓްގެ ލޯޑު ބޮޑުވެ، ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަން ޖެހިދާނެ: ސްޓެލްކޯ

  • މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ކަރަންޓްގެ ލޯޑު ބޮޑުވެ މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަން ޖެހިދާނެ
  • ކަރަންޓް ކަނޑާލަން ޖެހުނު ނަމަވެސް ގިނަވެގެން އެއްގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަކަށް ކަރަންޓް ފޯރުކޮށްދެވިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 15 އޭޕުރިލް 2019 | ހޯމަ 20:13 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ސްޓެލްކޯ ބިލްޑިންގ -- ގޫގުލް

މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ކަރަންޓްގެ ލޯޑު ބޮޑުވެ މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

އަންގާރަ ދުވަހު ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓްގެ ލޯޑު ބޮޑުވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހުނު ނަމަވެސް ގިނަވެގެން އެއްގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަކަށް ކަރަންޓް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި މި ދުވަސްވަރު ގިނައިން ކަރަންޓް ބޭނުންވާ ޒާތުގެ ތަކެތި ވީހާ ވެސް މަދުން ބޭނުން ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މި ފަހަކަށް އައިސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާއިރު، މާލެއަށް ކަރަންޓް ދިނުމަށް ސްޓެލްކޯގެ ޤާބިލިއްޔަތުކަން އިތުރު ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުގުނީ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. މާލެއަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރު އޯވަރހޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަދި އެ މަސައްކަތް ކުރަމުންދާއިރު އެހެން ޖަނަރޭޓަރަކަށް ކުޑަ ވެސް މައްސަލައެއް ޖެހިއްޖެ ނަމަ ޚިދުމަތައް ބުރޫ އަރާ ކަމަށް މީގެ ހަތަރު ހަފްތާ ކުރިން މުގުނީ ވަނީ ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް