24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ނިއުޕޯޓް ވިއުގެ މައްސަލަ

ނިއުޕޯޓްވިއުގެ ބިން ހޯދުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް

  • ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 1،149،271.00 ރުފިޔާ ދައްކަން ޖެހޭ
  • ސްޓާރާޑް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ހުށައެޅި ދެ ޗެކެއް ބައުންސު ވެފައިވޭ
  • ސިވިލް ކޯޓަށް ހުށައެޅީ ހޯމަ ދުވަހު
އަލީ ސަމާޚް | AliSamah8

| 15 އޭޕުރިލް 2019 | ހޯމަ 19:50 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ނިއުޕޯޓް ވިއު -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ނިއުޕޯޓު ވިއު ހުންނަ ބިން ދައުލަތާ ހަވާލުކުރުމުގެ އަމުރަކަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

 ނިއުޕޯޓް ވިއު ހުސްކުރުމަށް ސަރުކާރުން ވަނީ އެ ކުންފުންޏަށް 30 ދުވަހުގެ މުހުލަތެއް މާރޗް މަހުގެ 11 ވަނަ ދުވަހު ދީފައެވެ. އެކަމަކު މިހާތަނަށް އެތަން ހުސްކޮށްފައެއް ނުވެއެވެ. އެތަން ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހޯމަ ދުވަހު ބުނެފައެވެ.  

ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ކުލި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ގައި ދައްކާފައި ނުވާތީ އެއްބަސްވުމުގެ ދަށުން މިއަހަރުގެ މާރޗް މަހުގެ ހަތެއް ގައި އެއްބަސްވުން ބާތިލް ކޮށް، މި އަހަރުގެ މާޗް 10 އިން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމަށް ދެވުނު މުއްދަތުގައި އެ ބިމުގައި ކުރަމުންދާ ވިޔފާރި ކުރިޔަށް ނުގެންދިޔުމަށް މާޗް މަހުގެ ހަތް ވަނަ ދުވަހު ސްޓްރާޑާ ކުންފުންޏަށް އަންގާފައިވާ ކަމަށް އޭޖީ އިން ނެރުނު ބަޔާނުގައިވެއެވެ.

 

ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއްބަސްވުމާއި އެކުންފުނިން ހިލާފުވުމުގެ ސަބަބުން މާޗް މަހު ހަތެއްގައި އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

އަދި ކުއްޔަށް ދީފައިވާ ބިން މިއަދާ ހަމައަށް ވެސް ދައުލަތާ ހަވާލުކޮށްފައިނުވާތީ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 1،149،271.00 ( އެއްމިލިޔަން އެއްސަތޭކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތްދިހަ އެއްރުފިޔާ) ދެއްކުމަށް އެކުންފުނީގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އޭޖީ އޮފީހުން އެދިފައިވެއެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އެތަނުގެ ކުލި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މީރާ އަށް ނުދައްކައިފިނަމަ އެ މަހެއްގެ ކުލި ބަލައިގަނެވޭނީ، ކުލި ނުދައްކާ ފައިތުވާ ކޮންމެ ދުވަހަކަށް 0.05% ( ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ޖޫރިމަނާއާ އެކުއެވެ. އަދި މިދިޔަ އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ކުލި ދެއްކުމުގެ ގޮތުން ސްޓާރާޑް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ހުށައެޅި ދެ ޗެކެއް ބައުންސު ވެފައިވެއެވެ.

ޖޫރިމާނާގެ ފައިސާ ނުދައްކައި އޮވެ، ކުލި ދައްކަން ޖެހޭ މަސް ނިމިއްޖެނަމަ އިތުރު މުއްދަތެއްނުދީ، އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް