24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ފުޓުބޯލް ފިއެސްޓާ

ފުޓުބޯޅަ ފިއެސްޓާ ކެންސަލެއް ނުވާނެ: އަލީ ވަހީދު

  • 12 އަހަރުން ދަށުގެ ފުޓުބޯޅަ ފިއެސްޓާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވަނީ އެޑިއުކޭޝަނުން
  • ފިއެސްޓާ ކުރިއަށް ނުގެންދެވެނީ މައިލޯއިން ސޮޕޮންސަރ ކޮށްފައިވާތީ ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތާއި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން
މިއުނާ ހަސަން | @miuna_hassan

| 15 އޭޕުރިލް 2019 | ހޯމަ 19:13 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ޔޫތު މިނިސްޓްރީގައި ދިން ޕްރެސްކޮންފަރެންގެ ތެރެއިން -- ފޮޓޯ: މިއުނާ ހަސަން

މައިލޯގެ ސްޕޮންސަރު ކަމުގެ ދަށުން ކުރިއަށް ގެންދާ 12 އަހަރުން ދަށުގެ ފުޓުބޯޅަ ފިއެސްޓާ ކެންސަލް ނުވާނެ ކަމަށާއި، މުބާރާތް ކުރިން ވެސް ރާވާފައި ވާގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ މައިލޯގެ ސްޕޮންސަރު ކަމުގެ ދަށުން 12 އަަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓުބޯލް ފިއެސްޓާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން އެ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ސޮކާރ ވިޓަރެންސް އެސޯސިއޭޝަންއަށް އެންގުމާއި ގުޅިގެން ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާއި މައުލޫމާތު ދެމުންނެވެ. 

ސޮކާ ވިޓަރެންސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފުޓްބޯލް ފިއެސްޓާ މި ހަފްތާތެރޭ ފެށުމަށް ހަމަޖެހިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެ މުބާރާތް ނުބޭއްވޭނެ ކަމަށް ބުނެފައި ވަނީ "އެނާޖީ ޑްރިންކްސް" އާއި ގިނަ އަދަދެއްގެ ހަކުރު އެކުލެވޭ ބުއިންތަކާއި ކިޔަވާކުދިން ދުރުކުރުމާއި ސަރުކާރުގެ ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތާއި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުންނެވެ. މި ކަމާއި ގުޅިގެން އެޑިއެކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފައެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަކާއި ފުށުނާރާނެ ފަދަގޮތަކަށް މުބާރާތުގެ ސްޕޮންސަރުން ހޯދައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސްޕޮންސަރުން ނުލިބިއްޖެނަމަ ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ނަމަވެސް މުބާރާތް ބޭއްވުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސޮކަރ ވެޓަރެންސްއަށް ފޯރު ކޮށްދޭނެ ކަމަށެވެ. 

އަލީ ވަހީދު ވިދާޅުވީ މުބާރާތް ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބެލެނިވެރިންނަށް ދޭ ކަމަށާއި، ހޯމަ ދުވަހު ބެލެނިވެރިންނާއި ބައްދަލުކޮށް މުބާރާތް ދެން ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ހަމަހަމަ ކަމާއެކު މުބާރާތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، އެހެން ކަމުން މިހަފްތާ ތެރޭގައި މުބާރާތް ބޭއްވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ޖާޒީތައް މިހާރުން މިހާރަށް ނުހޯދޭނެ ކަމަށާއި، އަލުން ސްޕޮންސާ ތައްގަނޑު ޖަހައިގެން ނުވަތަ ނުޖަހާ ނަމަވެސް މުބާރާތުގައި ކުޅޭ ހުރިހާ ކުދިންނަށް ޖާޒީ ހޯދައިދޭން ބޭނުންވާ ކަމަށެވެ. 

ސޮކަރ ވިޓަރެންސް އެސޯސިއޭޝަނުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮވުމަކީ ފިއެސްޓަރ ކެންސަލް ކުރުން ކަމަށާއި، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ އެހީތެރިކަމާއި، ޔަގީންކަން ފިއެސްޓާ ކުރިއަށް ގެންދިއުމަށް ލިބުމުން ދެން މަސައްކަތް ކުރާނީ، ބެލެނިވެރިންގެ އަތުން ބޮޑު ހަރަދެއް ނުދާނެފަދަ ގޮތަކަށް ފިއެސްޓާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

އެކްޓިން ޔޫތު މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކުޅިވަރުގެ މާސްޓަރ ޕްލޭނެއް ހެދި، ހަށިހެޔޮ ދުޅަހެޔޮ ޝިއާރާއި ފުށު ނާރާނެ ގޮތަށް ސިޔާސަތުތައް ހެދި އެ ސިޔާސަތުތައް އާންމު ކުރާނެ ކަމަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް