24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރައްޔިތުންގެ މަޖިލ؛ިސް

މަޖިލީހުގެ ރައީސް ކަމަށް މަވޯޓާ ޝަރީފު ވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފި

  • ފަސް ބޭފުޅެއްގެ ޝައުގުވެރިކަން މަޖިލީހުގެ ރައީސްކަމަށް
ޙުސައިން ޙަސަން | hucenhassan

| 15 އޭޕުރިލް 2019 | ހޯމަ 18:48 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވާހަކަފުޅު ދައްކަވަނީ -- މަޖިލިސް

އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ޝަރީފާއެކު އާ މަޖިލީހުގެ ރައީސް ކަމަށް ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.  

ޝަރީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާއަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ތަޖުރިބާގެ އަލީގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ރިޔާސަތު ބެލެހެއްޓެވުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ސަރުކާރު ދިފާއުކޮށް، އެޖެންޑާ 19 ތަންފީޒު ކުރުމުގެ ބާރަކަށް އެކަންވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށްޓަކާ މެމްބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް މަޝަވަރާ ކުރައްވާނެ ކަމަށެވެ.

ޝަރީފާ އެކު މަޖިލީހުގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމާއި ޕީއެންސީން ލިބުނީ އަށް ގޮނޑިއެވެ. ޖޭޕީން ފަސް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ. އާ މަޖިލީހަށް އިންތިހާބުވި މިނިވަން މެމްބަރުންގެ އަދަދަކީ ހަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް