22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު : މެންޗެސްޓަރ ސިޓީއާއި ލިވަޕޫލްގެ ވާދަވެރިކަން އިތުރުވަނީ!

  • މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 01-03
  • ލިވަޕުލް މެޗު ކާމިޔާބުކުރީ ޗެލްސީ އާއި ވަދަކޮށް 0-2
މިއުނާ ހަސަން | @miuna_hassan

| 15 އޭޕުރިލް 2019 | ހޯމަ 17:56 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކްރިސްޓަލް ޕެލަސްއާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން -- ގޫގުލް

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތައް މެންޗެސްޓަރ ސިޓީއާއި ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. 

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 01-03 ގެ ނަތީޖާއަކުންނެވެ. 

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގިވެސް ސިޓީންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑެ ބްރައިއަންގެ އެހީތެރި ކަމާއެކު ރަހީމް ސްޓާލިންގްއެވެ. 

މި ލަނޑަށް ފަހުގައި ވެސް ސިޓީން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ކްރިސްޓަލް ޕެލަސްގެ ކީޕަރު ވަނީ މި ހަމަލާތައް ދިފާއު ކޮށްފައެވެ.

ފުރަތަަމަ ހާފް ނިމުނީ 00-01 ގެ ނަތީޖާއަކުން ސިޓީ ލީޑްގައި އޮވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން ސިޓީގެ ކުޅުން އިތުރަށް ވަރުގަދަކޮށް ކްރިސްޓަލް ޕެލަސްގެ ފަހަތަށް ބާރުބޮޑު ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 63 ވަނަ މިނެޓުގައި ސިޓީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކުރުމެވެ. މި ލަނޑު ލެރޯއީ ސޭންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ސިޓީގެ ފުރަތަަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަހީމް ސްޓާލިންގްއެވެ. 

ސިޓީގެ ދެވަނަ ލަނޑާއެކު ނަތީޖާ ނެރުމަށް ކްރިސްޓަލް ޕެލަސްއިން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެ ގޮތުން އެ ޓީމުން ވަނީ ސިޓީގެ ފަހަތަށް ބާރު ބޮޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާ އެއްގެ ގޮތުން ކްރިސްޓަލް ޕެލަސްގެ ފުރަތަަމަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ލޫކާ މިލިވޮޖެވިކްއެވެ. 

މެޗުގެ 90 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ކެވިން ޑެ ބްރައިއަންގެ އެހީތެރި ކަމާއެކު ގެބްރިއަލް ޖީސަސްއެވެ. 

ލިވަޕޫލް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން 

އާދިއްތަ ދުވަހުގެ މެޗު ލިވަޕޫލްއިން ކާމިޔާބު ކުރީ ޗެލްސީއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ. 

މެޗުގެ ފުރަތަަމަ ހާފްގައި ދެ ޓީމްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. 

ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން ކުޅުން ރަނގަޅުކޮށް ޗެލްސީގެ ފަހަތަށް ވަނީ ބާރު ބޮޑު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ލިވަޕޫލްއިން ލީޑް ނެގިއެވެ. މި ލަނޑު ޖޯރޑަން ހެންޑްރެސަންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ސާޑިއޯ މޭންއެވެ. 

ލިވަޕޫލްއިން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު ވަރޖިލް ވޭން ޑިޖިކްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާޙްއެވެ. 

މި ނަތީޖާ އާއިއެކު ލީގު ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ އެއްމެޗު އިތުރަށް ކުޅެގެން، 34 މެޗުން ހޯދި 85 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނާގައި މެންޗެސްޓަރ ސިޓީ އޮތީ 33 މެޗުން ހޯދި 83 ޕޮއިންޓާއެކުއެވެ. ސިޓީއާއި ލިވަޕޫލްގެ ފަރަގު 2 ޕޮއިންޓަށް ކުޑަވެފައި ވާއިރު، މެޗުން ބަލިވި ޗެލްސީ ކުޅުން 34 މެޗުން ހޯދި 66 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ތާވަލުގެ ތިން ވަނާގައި ޓޮޓަންހަމް އޮތީ ކުޅުނު 33 މެޗުން ހޯދި  67 ޕޮއިންޓާއެކުއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް