22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ސީ.އޯ.ޓީ.ޓީ.އެމް

ޗައިނާގެ އެންމެ ބޮޑު ފެއަރ ސީ.އޯ.ޓީ.ޓީ.އެމް ގައި ރާއްޖެއިން ބައިވެރިވެއްޖެ

  • މިފެއަރ ކުރިއަށްދާނީ އޭޕްރިލް 15 އިން 17އަށް
ރިޒުނާ ޒަރީރު | RiznaZareer

| 15 އޭޕުރިލް 2019 | ހޯމަ 17:12 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗައިނާގެ އެންމެ ބޮޑު ފެއަރ ސީ.އޯ.ޓީ.ޓީ.އެމްގެ ތެރެއިން -- އެމްއެމްޕީއާރްސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޗައިނާގައި ބާއްވާ އެންމެ ބޮޑު ބީ.ޓު.ބީ ޓުއަރިޒަމް ފެއަރ ކަމަށްވާ ސީ.އޯ.ޓީ.ޓީ.އެމްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިފެއަރގައި އެމްއެމްޕީއާރްސީއާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމްދު ފައިސަލްއެވެ.

އެމްއެމްޕީއާރްސީން މައުލޫމާތުދިން ގޮތުގައި މި ފެއަރ ކުރިއަށްދާނީ އޭޕްރިލް 15 އިން ފެށިގެން އޭޕްރިލް17 އަށް ޗައިނާގެ ބޭޖިންގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ ސްޓޭންޑްގައި ތާފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި މިގޮތުން ވާރޗުއަލް ރިއަލިޓީ  މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ސްޓޭންޑް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދައްކާލާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މީގެ އިތުރުން ދިވެހި ކާނާ ރަހަބެލުމުގެ ފުރުސަތާއި ރާއްޖޭގެ ސްޓޭންޑުގައި ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިޔާގައި ޕޯސްޓްކުރާ ފަރާތްތަކަށް ޙާއްސަ ހަދިޔާ އެއް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ. 

 

ޗައިނާގެ އެންމެ ބޮޑު ފެއަރ ސީ.އޯ.ޓީ.ޓީ.އެމްގެ ތެރެއިން

2010 ވަނަ އަހަރުން ފެށިގެން ޗައިނާ އަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމު ކަމަށްވާއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޗައިނާއިން 283116 (ދެލައްކަ އަށްޑިހަ ތިން ހާސް އެއްސަތޭކަ ސޯޅަ) ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

އެހެންކަމުން މިފަދަ ފެއަރތަކުގައި ރާއްޖެ ތަމްސީލްކޮށް ރާއްޖެއާއި ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދިނުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ދަނީ މިފަދަ ގިނަ ފެއަރތަކުގައި ބައިވެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް