24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް

އިންތިގާލީ އަދާލަތުގެ ބިލު: ނިމިދިޔަ ހަތް އަހަރުގެ މައްސަލަތަކަށް ޖިނާއީ ތަހުގީގު!

 • އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް އުފައްދާނެ
 • ބަލައި ފާސްކޮށް، ކޯޓު އަމުރަކުން ހައްޔަރު ކުރެވޭނެ
 • ތަހުގީގީ އިދާރާއަކަށް ލިބޭ ހުރިހާ ބާރެއް ކޮމިޝަނަށް ލިބިގެންވޭ
ޙުސައިން ޙަސަން | hucenhassan

| 15 އޭޕުރިލް 2019 | ހޯމަ 16:51 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ފެބްރުއަރީ 7، 2012: ޖުމްހޫރީ މައިދާނަށް އެއްވެ، އާންމުންނާ ގުޅިގެން، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން -- އާކައިވް

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެ، އިންސާނީ ޝަރަފާއި ކަރާމާތަށް އަސަރުކޮށްފައިވާ ކަމެއް ދައުލަތުގެ މުއައްސަސާއަކުން ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ކޮށްފައިވާނަމަ، އެކަން ބެލުމަށްޓަކާ އިންތިގާލި އަދާލަތުގެ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި "އިންތިގާލީ އަދާލަތުގެ ބިލު"ގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.

ބިލުގައި ބުނެފައިވާ ގޮތުން ތަހުގީގުކޮށް ބަލަން ޖެހޭނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ކަންކަމެވެ.

އިންތިގާލީ އަދާލަތުގެ ބިލު ބޭނުމަކީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި މުއައްސަސާއަކުން، ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އަނިޔާއެއް ނުވަތަ ދެރައެއް ލިބިފައިވާ ފަރާތްތަކަށް ހައްލު ހޯދައި ދީ، ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމެވެ.

އެ ބިލުގެ ބޭނުމަށްޓަކާ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ވަނީ ބުނެފައެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސަށެވެ.

ބިލުގައިވާ ގޮތުން އިންތިގާލި އަދާލަތުގެ ކޮމިޝަން އުފެއްދުމުން، މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދިފާއުގައި ވާހަކަ ދެއްކުމާއި ވަކީލެއްގެ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބޭ ބާރުތައް

 • ކޯޓު އަމުރެއްގެ ދަށުން މީހުން ހައްޔަރު ކުރުން
 • ޕާސްޕޯޓް ހިފެހެއްޓަން ކޯޓު އަމުރަށް އެދުން
 • ހެކިބަސް ނެގުމަށް މީހުން ހާޒިރު ކުރުން
 • ތަންތަން ބަލައި ފާސް ކުރުމަށް ކޯޓު އަމުރު ހޯދުން
 • ތަހުގީގީ އިދާރާއަކަށް ލިބޭ ބާރުތައް ލިބޭނެ

ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު، ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވަންވާނެ ކަމަށެވެ.

އިންތިގާލި އަދާލަތު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، މީޑިއޭޓަރެއްގެ ދައުރު އަދާކޮށް، މަދަނީ ހައްލު ހޯދުމަށް "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން"ގެ އޮފީހެއް އުފައްދަންޖެހޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ. އެ އޮފީހަށް އައްޔަން ކުރަންޖެހޭނީ ރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތިން މެމްބަރުންނެވެ.

އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަންގެ އޮފީހުގެ ބޭނުމަކީ އިންސާނީ ހައްގުތަކާ ހިލާފު މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ފެންނަ މައްސަލަތަކަށް ހައްލު ހޯދުމެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހޯދައިދޭނެ ހައްލުތަކުގެ ތެރޭގައި ކުށް ކުރި މީހާ އާންމުކޮށް މައާފަށް އެދުމަށް އެންގުމާއި ދައުލަތުން ބަދަލު ނަގައިދިނުން ހިމެނެއެވެ.

ދައުވާ ކުރުމާއި ހުކުމް ކުރުމުގައި އަމަލު ކުރާ އުސޫލު:

 • ޕީޖީއަށް ފޮނުވުމުން، 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުން
 • ދަށު ކޯޓަށް ހުށަހެޅުމުން 45 ދުވަހުގެ ތެރޭގައި ހުކުމް ކުރުން
 • 10 ދުވަހުގެ ތެރޭގައި އިސްތިނާފު ކުރުން
 • ހައި ކޯޓާއި ސުޕްރީމް ކޯޓުން 30 ދުވަހުން ހުކުމް ކުރަންވާނެ

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި ތަނަކުން އެއްވެސް މީހަކަށް އަނިޔާއެއް ދީފައިވާނަމަ، އެކަމަށް ބެލުމަށް ބާރު އަޅާ "އިންތިގާލި އަދާލަތުގެ ގާނޫނު"ގެ މަގުސަދު ގާސިލުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެ ގާނޫނު އުވޭނެ ކަމަށް ބިލުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް