24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފްރޭންކް ރިބެރީ

ރިބެރީ އަލްސާދްއަށް ސޮއިކުރުމާ ގާތަށް

  • ރިބެރީގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 15 އޭޕުރިލް 2019 | ހޯމަ 14:45 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


ފްރޭންކް ރިބެރީ -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގާ ފްރޭންކް ރިބެރީ ގަތަރުގެ އަލް ސާދްއަށް ސޮއިކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކިކާއިން ބުނީ، އުމުރުން 36 އަހަރުގެ ރިބެރީ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އޭނާ ބަދަލުވާނީ އަލްސާދްއަށް ކަމަށެވެ.

އަލް ސާދްއަކީ ބާސެލޯނާއަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފިލްޑަރ ޒަވީވެސް ކުޅެމުން އަންނަ ކްލަބެވެ. އެގޮތުން ކުރިޔަށް އޮތް ސީޒަނުގައި ޒަވީ އާއި ރިބެރީ އެއް ޓީމަކުން ފެނުމަކީ ވަރަށް ކައިރި ކަމެކެވެ.

ބަޔާންއާއެކު ރިބެރީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަނަށްފަހުއެވެ. އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މީގެކުރިން ގަލަސަތަރާއި އަދި މާސޭއަށް ކުޅެފައިވާ ރިބެރީ ބަޔާންއަށް ބަދަލުވީ 2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 420 މެޗުގައި 122 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބަޔާންއާއެކު 8 ލީގު ތަށި ކާމިޔާބު ކޮށްފައިވާ ރިބެރީ ވަނީ ޖަރުމަން ކަޕް ފަސް ފަހަރު، ޖަރުމަން ސުޕަ ކަޕް ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ފްރާންސް ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕްގެ ދެވަނަ 2006 ވަނަ އަހަރު ހޯދާފައިވާ ރިބެރީ ވަނީ ގައުމީ ޓީމަށް ކުޅުނު 81 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައެވެ.

ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރިބެރީ ވަނީ ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު އަދި ފީފާ ބެލޮންޑޯގެ ތިންވަނަ އެއްފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ 2013 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގެ ގޮލްޑެން ބޯލް ވެސް ހޯދާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް