17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

"ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނިން: ސައިފް

  • ނަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން
  • ކަރީނާގެ އެދުމަކަށް ނަން ބަދަލު ނުކުރީ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 ފެބުރުވަރީ 2017 | ހުކުރު 17:40 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ދަރިފުޅާއެކު -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު "ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނު ކަމަށް ސައިފް ބުނެފި އެވެ.ދަރިފުޅު އުފަންވި ދުވަހު ސައިފް އާއި ކަރީނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅަށް "ތައިމުރު އަލީ ޚާން"ގެ ނަމުން ނަން ދީފައިވާ ކަމަށެވެ.މި ނަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

 

ތައިމުރުގެ ނަމާ މެދު މީހުން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވަނީ ތައިމޫރަކީ ވަރަށް އަނިޔާވެރި ރަސްކަލަކަށް ކިޔާފައިވާ ނަމަކަށް ވާތީކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.ތައިމުރުގެ ނަމުގެ މައްސަލާގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައިވަނީ ތައިމޫރުގެ ނަމަށް މީހުންގެ ފާޑު ކިޔުންތައް އަމާޒުވުމުން ނަން ބަދަލުކުރަން އޭނާ ވިސްނި ކަމަށެވެ. ނަމަވެސް ކަރީނާގެ އެދުމަކަށް ނަން ބަދަލު ނުކުރީ ކަމަށް ސައިފް ވަނީ ބުނެފައެވެ.ދަރިފުޅާ މެދު މީހުން ދެކޭ ގޮތް ބަދަލުވެދާނެތީ ކަންބޮޑުވާ ކަމަށް ވެސް ސައިފް ވަނީ ބުނެފައެވެ. އަދި ސްކޫލަށް ދާން ފެށުމުން އެކަމުގެ އުނދަގޫ ވެދާނެ ކަމަށް ދޭކޭ ކަމަށް ވެސް ސައިފް ވަނީ ބުނެފައެވެ.

 

ސައިފް ބުނެފައިވަނީ  ދަރިފުޅުގެ އުމުރުން އެކެއް ނުވަތަ ދެ އަހަރު ވުމުން ނަން ބަދަލުކުރަން ވިސްނާ ކަމަށެވެ.

 

ސައިފް އާއި ކަރީނާގެ ދަރިފުޅު "ތައިމުރު" އުފަން ވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް